ތުރްކިޔޭ ގައި ބިންހެލުން ތަކަށްފަހު ހަލާކުވެފައިވާ އިމާރާތްތައް
ދުނިޔެ
16 Feb 2023 | 16:19
228 ގަޑިއިރަށް ފަހު މަންމަ އަކާއި އޭނާގެ ދެކުދިން ސަލާމަތް ކޮށްފި

ތުރްކިޔޭ އާއި ސީރިޔާ އަށް މިދިޔަ ހަފްތާގައި އައި ބާރުގަދަ ބިންހެލުން ތަކަށް 228 ގަޑި އިރު ވީ ފަހުން މަންމަ އަކާއި އޭނާގެ ދެ ކުދިން ސަލާމަތް ކޮށްފިއެވެ.

މި ތިން މައިން ސަލާމަތް ކޮށްފައިވަނީ ތުރްކިޔޭގެ އަންޓާކިޔާގައި ރެސްކިޔު ވޯކަރުން ހިތްވަރު އެލުވާނުލާ ކުރަމުންދާ މަސައްކަތުން ނެވެ.

މި ތިން މައިން ސަލާމަތް ކުރުމަށް މަސައްކަތް ކުރި ރެސްކިޔު ވޯކަރު މެހެމަތް އެރީލްމަޒް ބުނެފައިވަނީ އެދެކުދިން މަންމަ އެލާ ކޮންކްރިޓް ތަކުގެ ދަށުން ނެގުމުން އެންމެ ފުރަތަމަ ސުވާލުކުރީ މިއީ ކޮންދުވަހެއް ތޯ ކަމަށެވެ.

"ފުރަތަމަ އަހަންނަށް އޭނާގެ އަތުގައި ހިފިން، ވާހަކަ ދެއްކިން، އޭނާ ހަމަޖެއްސިން، އަހަރެމެންގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެއަށްފަހު، އަހަރެމެން މިތިބީ ވަރަށް އުފާވެފަ، މިއީ މިއަދު ސަލާމަތް ކުރެވުނު 5 ވަނަ ފުރާނަ" މެހެމަތް ކިޔައިދިނެވެ.

"އޭނާ އެންމެ ފުރަތަމަ އެދުނީ ފެންފޮދެއް ދިނުމަށް، އެކަމަކު މެޑިކަލް ޓީމުން އައިސް ހާލަތު ބެލުމުގެ ކުރިން އެއްވެސް އެސްޗެއް ނުދެވޭނެތީ އެކަން ކޮށެއް ނުދެވުނު،" އޭނާ އިތުރަށް ބުންޏެވެ.

އެލާ އާއި އޭނާގެ ކުދިންނަށް އަވަސްފަރުވާ ދިން ހެލްތް ވޯކަރ އަލީ ޕަރްލަސް ބުނީ ތިންމައިން ވެސް ތިބީ ޑީހައިޑްރޭޓް ވެފައި ކަމަށާއި، ތިން މައިންގެ ހާލަތު އާންމު ގޮތެއްގައި ރަނގަޅުކަމަށެވެ.

މި ކާރިސާގައި މިހާތަނަށް ދެ ޤައުމުން 42،000 މީހުންވަނީ މަރުވެފައެވެ. ތުރްކިޔޭ އިން މިހާތަނަށް 36،187 މީހުން ވަނީ މަރުވެފައެވެ. އަދި ސީރިޔާ އިން މަރުވެފައިވާ މީހުންގެ ޢަދަދު 5،800 މީހުން ވަނީ ނިޔާވެފައެވެ.

ވޯލްތް ހެލްތް އޮގަނައިޒޭޝަނުން ބުނެފައިވަނީ ސީރިޔާގެ ހުޅަނގު އުތުރަކީ މިހާރު މިވަގުތައް އެންމެ ބޮޑަށް ސަމާލުކަން ދޭންވި ހިސާބުކަމަށެވެ. އެސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި މީހުން މިހާރު ތިބީ އެހީގެ ގާފިލާތައް އައުން ލަސްވެ އަސާސީ އަދި ޒަރޫރީ ބޭނުންތަކުން މަހްރޫމް ވެފައިވާތީ ރުޅިގަދަވެފައެވެ.

ޔޫއެން އިން މިހާރު ވަނީ ސީރިޔާގައި ހާލުގައި ޖެހިފައިތިބި 5 މިލިއަން މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި، ސިއްހީ އެހީ އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް 397 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.