ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު-- ފޮޓޯ/ރައީސް އޮފީސް
16 Feb 2023 | 18:00
އައްޑޫ މަގު ހަދަން އިންޑިޔާއަަށް ދިނީ އެގައުމުގެ ލޯނު އެހީގައި ހިންގާ މަޝްރޫއަކަށް ވީމާ: މިއުވާން

އައްޑޫގެ މަގުތައް ހެދުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލު ކުރެވުނީ އިންޑިޔާގެ ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށް ވީމާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރ އާއިއެކު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމްޓީސީސީ ފަދަ ގާބިލް ދިވެހި ކުންފުންޏެއް އޮތް އިރު އިންޑިއާގެ އެފްކޮންސް ކުންފުންޏަށް އައްޑޫ މަގު ހަދަން ހަވާލު ކުރީ ކީއްވެތޯ "ވޮއިސް" އިން ސުވާލު ކުރުމުން މިއުވާން ވަނީ އެމްޓީސީސީ އަކީ ޤާބިލް ކުންފުންޏެއް ކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން އެމްޓީސީސީ އަކީ ރާއްޖޭގެ އުތުރުން ދެކުނަށް ސަރުކާރުގެ ވަރަށް ގިނަ ތަރައްޤީގެ މަޝްރޫއުތައް ހިންގާ ކުންފުންޏެއްކަަމަށް ވިދާޅުވި އެވެ.

އަދި އެ ކުންފުނިން ތަރައްޤީގެ މަޝްރޫއުތައް ނިންމަމުންދާ ސްޕީޑުން ކުންފުނީގެ ޤާބިލްކަން ފެނިގެން ދާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ނަމަވެސް އައްޑޫގެ މަގުތައް ހެދުމަށް އިންޑިއާގެ ކުންފުނި އެފްކޮންސް އާއި ހަވާލު ކުރީ އައްޑޫގެ މަގުތައް ތަރައްޤީ ކުރަމުން ދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ފެސިލިޓީ ގެ ތެރެއިން ކަމަށްވާތީއެވެ. އެހެންކަމުން އިންޑިއާގެ ކުންފުންޏަކަށް އެ ޕްރޮޖެކްޓް ދަނީ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

އިންޑިޔާގެ އެގްޒިމް ބޭންކުން ދީފައިވާ ލައިން އޮފް ކުރެޑިޓު (ލޯނު)ގެ ދަށުން އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 21ގަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު އެ ސިޓީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް ވިދާޅުވެ، މައްސަލަތަށް ހައްލުކޮށް މަސައްކަތް އަވަސްކުރުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ އައްޑޫއަށް ވަޑައިގެންފަ އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ