ސީރިޔާގެ އަލެއްޕޯ ގައި ވެއްޓީފައިވާ އިމާރާތެއް
ހަބަރު
16 Feb 2023 | 20:12
ޔޫއެން އެއިޑްގެ 100 ޓްރަކް ސީރިޔާ އަށް

ޔުނައިޓެޑް ނޭޝަންސް އެއިޑްގެ 100 އަށް ވުރެ ގިނަ ޓްރަކް ސީރިޔާގެ ހުޅަނގު އުތުރަށް ވަދެފައިވާކަމަށް ޔޫއެން އިން ހާމަކޮށްފިއެވެ.

"ޔޫއެން އިން މިދަނީ ތުރުކިޔާއިން ސީރިޔާ އަށް ވަދެވެން އޮތް ތިން މަގު ކަމަށްވާ ބާބް އަލް ހަވާ، ބާބް އަލް ސަލާމް އަދި އަލް ރާއީ އިން ވަދެ ސީރިޔާގެ ހުޅަނގު އުތުރުގެ ޕްރޮވިންސް ތަކަށް އެހީގެ ސާމާނު ފޯރުކޮށް ދެވޭތޯ ބަލަމުން" ޔޫއެން އިން ނެރެފައވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ވަގުތީ ބޯހިޔާ ވަހަކަން ބޭނުންވަނީ ކިހާ ބަޔަކަށްތޯ ޔަޤީން ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށްވެސް ބުނެފައިވެއެވެ.

ޔޫއެންއިން ސީރިޔާ އަށް ކަނޑައަޅުއްވައިފައި ހުންނަ ހިޔުމަންޓޭރިއަން ކޯޑިނޭޓަރ މުހައްނަދް ހަދީ ވިދާޅުވީ ބެލެވޭ ގޮތުގައި ކުރިއަށް އޮތްތަނުގައި ސީރިޔާގައި މަރުވި މީހުންގެ ޢަދަދު ދާނީ އިތުރުވަމުންނެވެ. އިތުރު ރެސްކިޔު ޓީމުތަކުން އާލާތް ތަކާއި އެކު ކުރާ މަސައްކަތުން ވެއްޓީ ހަލާކުވެފައިވާ ޢިމާރާތް ތަކުގެ ކޮންސްޓްރަކްޝަން ތަކާއި ގައިތައް އެއްފަރާތް ކުރެވެމުން ދާވަރަކަށް މަރުވެފައި ހުރި ހަށިގަނޑުތައް ނެރެވޭ މިންވަރު ގިނަ ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އުންމީދު މިކުރަނީ މިޢަދަދު މައްޗަށް އަރައިގެން ނުދާނެ ކަމަށް، އެކަމަކު މި ސަރަހައްދުން މިފެންނަ މަންޒަރުތަކުން މާ ބޮޑު އުއްމީދެއް މުހައްނަދް ވިދާޅުވިއެވެ.

ސީރިޔާގެ ހޮސްޕިޓަލް ތަކުން މިވަގުތު ދަނީ ބިންހެލުން ތަކަށް ފަހު ފަރުވާއަށް ގެނެވުނު މީހުންނަށް ފަރުވާ ދެވޭނެ ވަސީލަތް ނެތި އެކަމުގެ ދަތިތަކަން ތަހައްމަލު ކުރަމުންނެވެ. ޑޮކްޓަރުން ދަނީ ބައިނަލް އަޤްވާމީ ފަރާތްތަކުން ސިއްޙީ ވަސީލަތް ތަކާއި ބޭސް ފޯރުކޮށްދިނުމަށް އެދެމުންނެވެ.

"އަހަރެމެންގެ ސިއްޙީ ހާލަތު މިއޮތީ ކޮންޓްރޯލުން ނެއްޓިފައި" ސީރިޔާގެ ޑޮކްޓަރުން

ސީރިޔާގައި ބޯހިޔާވަހިކަން ގެއްލި ވަގުތީ ހިޔާ ތަކުގައި ދިރިއުޅެމުންދާ މީހުންގެ ތެރޭގައި ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތައް ފެތުރިގެން ދިޔުމުގެ ފުރުސަތު ބޮޑުކަމަށް ރެޑް ކްރޮސްއިން ވަނީ ބުނެފައެވެ.

"އެމީހުން ދިރިއުޅެމުންއެދަނީ ސްކޫލް ތަކުގައި ވަރަށް ފިނި ކްލާސްތަކުގައި،  ވަރަށް ދެރަ ހާލަތް ތަކެއްގައި، މިގޮތައް މިހާލަތުގައި އެމީހުން ގިނަ ދުވަސް ތަކެއް ވަންދެން ތިބެން ވެއްޖެނަމަ ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ" ރެޑް ކްރިސެންޓުން ބުނެފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.