26 Jan 2019 | 11:30
ރޮހިންޔާ ރެފިއުޖީން ޗިކާގޯގައި ދިރިއުޅުން އާރާސްތު ކުރަނީ

ޗިކާގޯއަކީ ގިނަ އަދަދެއްގެ ރޮހިންޔާ ރެފިއުޖީން އުޅޭތަނެކެވެ. އެގޮތުން 1600 އަށްވުރެ ގިނަ އަދަދެއްގެ ރޮހިންޔާ ރެފިއުޖީން އެތާގައި އުޅޭއިރު އެމީހުންނަކީ މެލޭޝިޔާގައި އުޅުމަށްފަހު ޗިކާގޯއަށް ހިޖުރަކުރި މީހުންނެވެ.

އެމީހުން މެލޭޝިއާއަށް ހިކުރަކޮށްފައިވަނީ 1990 -2000 ވަނަ އަހަރުގެ ނިޔަލަށް ރޮހިންޔާގެ މުސްލިމުންނާއި މެދު ހިންގި ލާއިންސާނީ ޖަރީމާތަކަށް ކެތްނުވެގެންނެވެ.

ރޮހިންޔާގައި އުޅޭ މަދު މުސްލިމުންނާއި މެދު ޒަމާނުއްސުރެ ލާއިންސާނީ އަމަލުތައް ހިންގަމުން އަންނައިރު، އެމީހުންނަށް ދޭންޖެހޭ އެންމެ އަސާސީ ޚިދުމަތްވެސް މިޔަންމާގެ ސަރުކާރުން ފޯރުކޮށް ނުދެއެވެ.

މިޔަންމާގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރޮހިންޔާ މުސްލިމުންނަކީ އެއީ ބަނގުލަދޭޝްއިން މިޔަންމާއަށް ހުއްދަނެތި ގާނޫނާއި ޚިލާފަށް އެތެރެވެގެން އުޅޭ ބައެކެވެ.

ޗިކާގޯއަށް ހިޖުރަކުރި ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ޚާއްސަކޮށްގެން "ދަ ރޮހިންޔާ ކަލްޗަރަލް ސެންޓަރ އޮފް ޗިކާގޯ" ނަމުގައި 2016 ވަނަ އަހަރު ކަލްޗަރަލް ސެންޓަރެއް ހުޅުވާފައިވެއެވެ.

އެތަނަނީ 2013 ވަނަ އަހަރު އެމެރިކާގައި ވަޒަންވެރިވި ނާސިރު ޒަކަރިޔާ ކިޔާމީހަކު ހުޅުވި ތަނެކެވެ.

އެތަނުން ޗިކާގޯގައި އުޅޭ މިޔަންމާގެ މުސްލިމުންނަށް އިނގިރޭސި ކުލާސްތަކާއި، ގްރުއާން ކުލާސްތަކާއި، ކޮމްޕިއުޓަރ ޓްރައިނިންގެ އިތުރުން ކުޅިވަރު ކުޅުމުގެ މަގުވެސް ފަހިކޮށްދެއެވެ.

މީގެ އިތުރުންވެސް އެޖަމިއްޔާ އިން ޗިކާގޯގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންގެ ދިރިއުޅުން އާރާސްތުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއެވެ.

ފާއިތުވި އަހަރުތަކުގައިވެސް މިޔަންމާއިން އެގައުމުގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި، ދޭތެރޭ ވަރަށް އިހާނެތިކޮށް އަމަލުކޮށްފައެވެ. އެ އަނިޔާތަކަށް ކެތްނުވެގެން އެފަރާތްތަކުން ވަނީ އަވައްޓެރި ބަނގުލަދޭޝްއަށާއި، އިންޑިއާއަށް ހިޖުރަކޮށްފައެވެ. އަދި އެތަންތަނުގައި އެރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ދަތިހާލުގައި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ހާމަކޮށްފެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ