ސީރިޔާ ރެފިޔުޖީން އަނބުރާ ޤައުމަށް
ހަބަރު
16 Feb 2023 | 23:04
ސީރީޔާ ރެފިޔުޖީން އަނބުރާ ސީރިޔާއަށް

ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަން ގެއްލި އަމިއްލަ ވަޒަން ދޫކޮށް ތުރްކިޔޭ އަށް ހިޖުރަ ކުރި ސީރިޔާގެ ރެފިޔުޖީން، ބިންހެލުމަށް ފަހު އަނބުރާ ސީރިޔާއަށް ދަތުރުކުރަން ފަށައިފިއެވެ.

އަމާންކަމާއި ރައްކާތެރިކަން ގެއްލި އަމިއްލަ ހިޔާ ވަހިކަމާއި ގެދޮރު ދޫކޮށް ތުރްކިޔޭ އަށް ހިޖުރަކުރި އެތައް ސަތޭކަ ސީރިޔާ ރައްޔިތެއް ތުރްކިޔޭގައި އާބާދު ކުރި ދިރިއުޅުން  ބިންހެލުގައި ގެއްލުމާއި ގުޅިގެން ދަނީ އަނބުރާ ސީރިޔާއަށް ދަތުރު ކުރަމުންނެވެ. ސީރިޔާގައި ހުރި އެމީހުންގެ ގެތައް ވެސް ހުރީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައެވެ.

ތުރްކިޔޭގެ އޮތޯރިޓީ ތަކުން މިހާރު ވަނީ ތުރްކިޔޭ އިން ސީރިޔާ އަށް އެތެރެވެވޭން ހުރި މަގުތައް ހުޅުވާލަދޭނެކަން އިއްލާނުކޮށްފައެވެ.

ސީރިޔާގެ ހަލްފާޔާ އަށް ނިސްބަތްވާ 69 އަހަރުގެ މުހައްމަދު އަލް ސަވާދު ތުރްކިޔޭގެ އިސްކަންދަރުން ސިޓީ ކައިރީގައި އޮންން ހަޓޭޔާ ޕްރޮވިންސްގައި ދިރިއުޅޭތާ 11 އަހަރުވެއްޖެއެވެ. 11 އަހަރުން އާބާދު ކުރި ދިރިއުޅުން ގެއްލި މުހައްމަދު ވެސް ވަނީ ސޫރިޔާއަށް އަނބުރައި ދިއުމަށް ދަތުރުފަށައިފައެވެ.

ބާބް އަލް ހަވާ އިން ބޯޑަރު ހުރަސްކުރުމަށް އޭނާ ގޮސް ހުއްޓައި އޭނާއާއި ވާހަކަ ދެއްކި އަލްޖަޒީރާގެ ރިޕޯޓަރަށް އޭނާ އެދުވަހު ކަންވީގޮތް އޭނާ ކިޔައިދިނެވެ.

ސީރިޔާގެ ރެފިޔުޖީ މުހައްމަދް އަލް ސަވާދު އަނބުރާ ޤައުމަށް ދަނީ/ ފޮޓޯ އަލްޖަޒީރާ

"ބިންހެލުން އައި ދުވަހު، ފުރަމަތަ އަހަރެމެން ދިރިއުޅެމުންދިޔަ އިމާރާތް ތެޅުވެންފެށި، ދެން ކެނޑުނީ ކަރަންޓު، ކަރަންޓު ކެނޑި އަނދިރިވީމަ ވަރަށް އުނދަގުލުން އަހަރެމެންނަށް އެޕާޓްމެންޓުން ބޭރަށް ނުކުމެވުނީވެސް" މުހައްމަދު ބުނެފައިވެއެވެ.

ބިންހެލުމުގެ ފަހުން މުހައްމަދާއި އޭނާގެ އާއިލާ ހޭދަކުރީ ފާމްއެއްގައެވެ. ވެހެމުންދިޔަ ވާރެޔާއި ފިނިމޫސުމުގެ ފިންޏާއި އެކު 3 ދުވަސް ހޭދަ ކުރިފަހުން ތުރުކިޔޭގެ ސަރުކާރުން، ބޯހިޔާވަހިކަން ގެއްލުނު

މީހުންނަށް ޚާއްސަ ކުރި ވަގުތީ ހިޔާވަހިކަމަށް ބަދަލު ކުރެވުނެވެ. މުޙައްމަދާއި އެކު އިތުރު3000  އެއްހާ މީހުން އެތަނަށް ބަދަލުކުރެވުނެވެ.

"އަހަރެން މިއަދު ސީރިޔާއަށް މިދަނީ، އަހަންނަށް އަހަރެންގެ ތިމާގެ މީހުންނާއި އެކު ދިރިއުޅެވޭނެ، އާއިލާ މެންބަރުން ގެއްލި ދިޔަ އެކުވެރިންނަށް ހިތްވަރުދޭން ހުރެވޭނެ" މުހައްމަދު ބުންޏެވެ.

1790 އަށްވުރެ ގިނަ މީހުން ތުރްކިޔޭ ދޫކޮށް ސީރިޔާއަށް އަނބުރާ ގޮއްސައިވެއެވެ.

"ބާބް އަލް ހަވާގައި އަހަރެމެން ތުރްކިޔޭ އިން ސީރިޔާއަށް އަންނަ މީހުން މިދަނީ ސީރިޔާއަށް ވަނުމަށް ބޭނުންވާ ލިޔެކިޔުންތައް ބަލައި، އެމީހުން ސީރިޔާ އަށް ވަންނަ ތާރީޚާއި އަނބުރާ ދާނެ ތާރީޚް ޖަހައިދެމުން މިދަނީ" ޑިރެކްޓަރ އޮފް ޕަބްލިކް ރިލޭޝަންސް މާޒިން އަލޮއިޝް ވިދާޅުވިއެވެ.

ބޯޑަރު ހުރަސްކޮށް ސީރިޔާއަށް ވަނުމުގެ ހުއްދަދެނީ ވަގުތީ ރައްކާތެރިކަމުގެ ކާޑު އޮތް މީހުނެވެ. އެއީ ބިންހެލުމުގެ އަސަރުކުރި ތުރްކިޔޭގެ 10 ޕްރޮވިންސްގައި ދިރިއުޅޭމީހުންނެވެ.

މިއީ ފާއިތުވި 2 އަހަރުގެ ތެރޭގައި ސީރިޔާގެ ރެފިޔުޖީންނަށް ބޯޑަރު ހުރަސްކުރުމަށް ބާބް އަލް ހަވާ ރަސްމީކޮށް ހުޅުވައިލެވުނު ފުރަތަމަ ފަހަރު ކަމަށް މާޒިން ވިދާޅުވިއެވެ.

ރަސްމީގޮތުން ބާބް އަލް ހަވާ ހުޅުވާލުމުގެ ކުރިން ރެފިޔުޖީންގެ ތެރެއިން ސީރިޔާއަށް އެތެރެވެވިފައިވަނީ މަރުވެފައި ހުރި ހަށިގަނޑުތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.