މެންޗެސްޓަރ ޔުނައިޓެޑު ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
17 Feb 2023 | 02:29
ބާސެލޯނާއި މެންޗެސްޓަރ ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރު!

ޔުއެފާ ޔޫރޮޕާ ލީގު ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ބާސެލޯނާ އާއި އިގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑު ވާދަކުރި މެޗު 2-2 ގެ ނަތީއްޖާއަކުން އެއްވަރުވެ، މުބާރާތުގެ ގަދަ 16 ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ޔުނައިޓެޑުން ބޮޑުކޮށްފިއެވެ.

ބާސެލޯނާގެ ދަނޑުގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓުކުރީ ބާސާ އިންނެވެ. ނަމަވެސް މިހާފުގައި ލަނޑުޖަހާނެ ރަގަޅު ހުސް ދެ ފުރުސަތެއް ޔުނައިޓެޑައް ލިބި ވަނީ ބޭނުން ނުކުރެވިފައެވެ. ޔުނައިޓެޑުގެ ވޯޓް ވެގްހޯސްޓް އަދި މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލާތައް ބާސެލޯނާގެ ކީއްޕަރު މާކް-އަންދްރޭ ޓަރ ސްޓެގަން ދިފާއުކުރި އިރު، މިހާފުގައި ބާސެލޯނާ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޑިފެންޑަރ ޖޯޑީ އަލްބާ އަށެވެ. މެންޗެސްޓަރ ޕެނަލްޓީ އޭރިއާ ތެރެއިން އަލްބާ ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ކީއްޕަރ ވަނީ ދިފާއުކޮއްފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ދެ ޓީމު އެއްވަރުވެގެންނެވެ.

ބާސެލޯނާގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

މެޗުގެ ދެވަނަ ހާފު ފެށިގެން ވަރަށް ކުރީކޮޅު ބާސެލޯނާ އިން މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނި ޑިފެންޑަރ މާކޯސް އަލޮންސޯ އެވެ. މިއީ ބުރެޒިލްގެ ފޯވާޑް ރަފިންހާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ބާސެލޯނާއިން ލީޑުނެގިތާ ދެ މިނެޓު ފަހުން ޔުނައިޓެޑުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ އެއްވަރުކުރިއެވެ. މި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑްއެވެ. މިއީ ބްރެޒިލްގެ މިޑްފީލްޑަރ ފުރެޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް ލީޑު ލިބުނީ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރ ޖޫލްސް ކޫންޑޭ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މި ލަނޑާއި އެކު ޔުނައިޓެޑު މޮޅުވާން ދަނިކޮށް ބާސެލޯނާއަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިނީ 76 ވަނަ މިނެޓުގައި ބުރެޒިލްގެ ފޯވާޑް ރަފިންހާ އެވެ. އަދި މެޗުގެ ފަހުކޮޅު ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ލިބި އިތުރު ލަނޑެއް ކާމިޔާބުކުރެވޭގޮތްވަނީ ނުވެފައެވެ. 

މި ދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގް ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑުގެ ދަނޑުގައި ކުޅޭއިރު، މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.