ދީން
17 Feb 2023 | 13:39
ޤުދުރަތީ ގޮތުންދިމާވާ ކަންކަމާއި، ދުނިޔޭގެ ޙަޔާތާއި މަރަކީވެސް އިމްތިޙާނެއް: ޚުތުބާ

ޤުދުރަތީ ގޮތުން ކުރިމަތިވާ ކާރިސާތަކާއި ދުނިޔޭގެ ޙަޔާތާއި މަރަކީވެސް ދިރިތިބީންނަށް ކުރިމަތިވާ ބޮޑުވެގެންވާ އިމްތިޙާނެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

"ދުންޔަވީ ކާރިސާތަކުން އިބުރަތް ހާސިލްކުރުން" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ، ބިންހެލުން ފަދަ ކާރިސާތަކަކީ  އިންސާނުންނަށް މާތް الله‎ ކުރިމަތިކުރުވާ އިމްތިހާނުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. 

"ޝައިތާނާގެ ފިޔަވަޅުތަކުގެ ފަހަތުންގޮސް މަގު އޮޅިގެންދާ ހިނދު، މިފަދަ ކަންކަން އަހަރެމެންނާ ކުރިމަތި ކުރިމަތިކުރައްވަނީ  ތައާލާ ލައްވާފައިވާ އިންޒާރެއްގެ ގޮތުގަ އެވެ. އެއއީ އަހަރެމެން ތެދުމަގަށް ރުޖޫއަވުމަށްޓަކަ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ތުރުކިޔޭ އާއި ސީރިޔާއަށް ކުރިމަތިވި ބިންހެލުމުގެ ކާރިސާއަށް އަލި އަޅުވާލައި ޚުތުބާގައި އިތުރަށް ބުނީ، ޤުދުރަތީ ގޮތުން ކުރިމަތިވާ މިފަދަ ކޮންމެ ކަމަކީ، ދިރިތިބީންނަށް ކުރިމަތިވާ ބޮޑުވެގެންވާ އިމްތިޙާނެއް ކަމަށެވެ. ‎

"ޤުދުރަތީ ގޮތުން ކުރިމަތިވާ މިފަދަ ކޮންމެ ކަމަކީ، ދިރިތިބީންނަށް ކުރިމަތިވާ ބޮޑުވެގެންވާ އިމްތިޙާނެކެވެ. ދުނިޔޭގެ ޙަޔާތާއި މަރަކީވެސް އިމްތިޙާނެކެވެ. އެކަން ބަޔާންކުރައްވާ ވަހީ ކުރައްވާފައި ބަސްފުޅެއްގެ މާނާގައިވެއެވެ. “އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅި ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި މަރުވުމާއި ދިރިހުރުން އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.” ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން، ދިރިބީންގެ މައްޗަށް ވާޖިބުވެގެންވަނީ الله ސުބުހާނަހޫ ވަތަޢާލާ އަހަރެމެންނާ ކުރިމަތިކުރައްވާ މުޞީބާތްތަކާއި، އިމްތިޙާނުތަކަށް ކެތްތެރިވެ، މިފަދަ ކާރިސާތަކުން ޢިބްރަތް ޙާސިލުކޮށް، ޢަމަލުތައް އިސްލާޙުކުރުމެވެ. ޙައްޤު ގޮތުގައި اللهގެ މަގަށް އުޖޫޢަވުން ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.