ހިޔާ ފްލެޓުތައް.. ފޮޓޯ: އިންޓަނެޓު
ހަބަރު
17 Feb 2023 | 21:04
ހިޔާ ފްލެޓު ފިނިޝިންއަށް ނެގި ލޯނާއި، ދައްކަމުންދާ ކުލި މާފުކޮށްދިނުމަށް ގޮވާލައިފި

ރާއްޖޭގައި މަޝްރޫއު ހިންގަމުންދާ އިންޑިއާގެ 5 ކުންފުންޏަކަށް އިންކަމް ޓެކްސް މާފުކޮށްދިން ގޮތަށް ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމަން ނެގި ލޯނުތައް މާފުކޮށްދީ، އެ ފްލެޓުތަކަށް ނިކަމެތިން ދައްކަމުންދާ ކުލި މާފުކޮށްދިނުމަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމުއިއްޔާއެއްކަމަށްވާ އާންމުންގެ އެކުވެރި ޖަމުއިއްޔާއިން ގޮވާލައިފި އެވެ.

އެ ޖަމުއިއްޔާއިން ބުނީ ހިޔާ ފްލެޓުތަކުގެ ފިނިޝިން ނުނިންމާ އާންމުނަށް އެތަންތަން ހަވާލުކުރީ އެކަން ކުރާނެ ފައިސާ ސަރުކާރުގައި ނެތް ކަމަށް ބުނެ ކަމަށެވެ.

ސަރުކާރުގައި ފައިސާ ނެތްކަމަށް ބުނާއިރު، އިންޑިއާގެ ކުންފުނިތަކަކަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓެކްސް މާފުކޮށްދިނުމުން ފައިސާ ނެތަކަމަށް ބުނާ ވާހަކައަކީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫންކަމަށް އެ ޖަމުއިއްޔިން ވަނީ ބުނެފަ އެވެ.

އާންމުންގެ ޖަމުއިއްޔާއިން ބުނި ގޮތުގައި ހިޔާ ފްލެޓުވެރިންގެ ގިނަ ބައެއްގެ އާމްދަނީން ބޮޑުބައި ހަރަދު ކުރަން ޖެހެނީ ފްލެޓުގެ ކުލި ދެއްކުމަށާއި، ތަން ނިންމަން ނެގި ލޯނު އަނބުރާ ދެއްކުމަށެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމަން އެންމެ އަގުބޮޑުކޮށް ސަރުކާރުން ހިސާބު ޖެހުމުންވެސް އައީ 600 މިލިއަން ރުފިޔާ ކަމަށް އެ ޖަމުއިއްޔާއިން ވަނީ ބުނެފައެވެ.

ފައިސާ ނެތްކަމަށް ބުނެ ރައްޔިތުންނަށް ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމުމަށް ސަރުކާރުން އުޒުރުވެރިވެފައިވާއިރު އިންޑިއާގެ 5 ކުންފުންޏަށް މާދުކޮށްދީފައިވަނީ އެޔަށްވުރެ ދެގުނަ ބޮޑު އަދަދެއްކަން ފާހަގަކޮށް އާންމުންގެ ޖަމުއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެންކަމުން ބޭރުގެ ކުންފުނިތަކަށް ބިލިއަނުން ޓެކްސް މާފުކޮށްދިނުމުގެ ބަދަލުގައި، ހިޔާ ފްލެޓުތައް ނިންމަން އާންމުން ނެގި ލޯނު މާފުކޮށްދިނުމަށް އާންމުންގެ ޖަމުއިއްޔާއިން ވަނީ ގޮވާލާފަ އެވެ. އަދި ފްލެޓުގެ ކުއްޔަށްވާ 8،500ރ. ހޯދަން އާންމުންގެ ފަހަތުން ނުދުވެ، ނިކަމެތިންގެ ކުލި މާފުކޮށްދިނުމަށް ވެސް ގޮވާލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.