ފައްޔާޒު އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
18 Feb 2023 | 09:41
އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ޒާތީ ތައައްސުބު އެއްފަރާތްކޮށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ފައްޔާޒު

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމުގައި ދެމިއޮވެވޭނީ ޒާތީ ތައައްސުބު އެއްފަރާތްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރުމުންކަމަށް ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީއަށް އަނބުރާ ވެރިކަމަށް އާދެވުނީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ޖިންސާނީ ގޮތުންނާއި ނަފްސާނީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ. 

"ފުރަތަމަ އެކަމަށް ނިކުތް އިރުވެސް އޭރު އެމްޑީޕީގައި އެ މަސައްކަތްކުރެއްވި ބޭފުޅުންނަށް އެނގޭ އެކަމުގައި ހުރި ބިރުވެރިކަމާ އެކަމުގައި ހުރި ނުރައްކާތަކާއި، އެކަމުގައި ހުރި އަސަރު. އޭރު ނިކުތް މީހުންނަށް ބޮޑެތި އަނިޔާތައް ތަހަންމަލު ކުރަން ޖެހުނު. ޖިސްމާނީ އަނިޔާއާއި ޖަލުގެ ތޭރިތަކާއި ކުރިމަތިލާން ޖެހުނު. މުދާތައް ނިގުޅައިގަނެވުނު. އާއިލާތައް ރޫޅި ބިކަވެގެން ދިޔަ"

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް 

ފައްޔާޒު ވިދާޅުވީ ގިނަ ބައެއްގެ ބޮޑު ގުރުބާނީ އާއެކު، އުފެދުނު އެމްޑީޕީގެ ވެރިމަކަކީ ރައްޔިތުން ބޭނުންވިފަދަ ބަދަލެއް ކަމަށެވެ. އެގޮތުން މިއަދު ކުރެވެމުން މިދަނީ ރައްޔިތުން ބޭނުންވާ ރައްޔިތުންގެ ވެރިކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ދެމެހެއްޓުމަށް އެމްޑީޕީ ވެރިކަމުގައި އޮތުން މުހިންމު ކަމަށެވެ. އެކަން ކުރެވޭނީ ޒާތީ ތައައްސުބު އެއްފަރާތްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރުމުންކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

"އަލުން އަނބުރާ އެ ދުވަސް އިޔާދަވާކަށް އެމީހުން ބޭނުމެއް ނުވޭ. އެ އަނިޔާވެރިކަމާ ބިރުވެރިކަމާ ނާއިންސާފު ދެކޭކަށް އެމީހުންނެއް، ދިވެހިންނެއް އެއްވެސް ހާލަތެއްގައި ބޭނުމެއް ނުވޭ. އެމީހުން އެދެނީ މި ކުރި މަސައްކަތް ނަތީޖާ، ދާއިމަށް ދެމިގެންދާނެ ގޮތަކަށް މި ޕާޓީގެ ފަރާތުން މަސައްކަތްކޮށް އެކަން ކަށަވަރުކުރަން. އާދެ! ޒާތީ ތައައްސުބުން އެއްކިބާވެތިބެން. އެންމެން އެކައްޗެއް ކިޔައިގެން މިފެށި މަސައްކަތައިގެން ކުރިއަށް ދިއުން" 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް 

އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ފައްޔާޒު ގޮވާލައްވާފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ޕާޓީގެ އެންމެ އިސްލީޑަރަށް ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕްރައިމަރީގައި ރައީސް ޞާލިހާއި ވާދަކުރެއްވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. 

އަނެއްކޮޅުން ނަޝީދުގެ ފަރާތްޕުޅުން ވަނީ އެ އިންތިޚާބު ބާތިލުކުރުމަށް މައްސަލައެއްވެސް ހުށައަޅުއްވާފައެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް މިހާރު ކޯޓުން ވަނީ ނިންމާފަ އެވެ. 

ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ދެ ރައީސުން ވާދަކުރައްވާފައި ވާއިރު، ޕާޓީޣެ ތެރޭގައި ދެ ފެކްޝަން އުފެދި ބަހުގެ ހަމަލާތަކެއްވެސް ވަނީ ބަދަލުކުރެވިފައެވެ. މިހާތަނަށް ފެ ދެކްޝަންގެ މެދުގައި އުފެދިފައިވާ ނުތަނަސްކަން ހައްލު ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.