ރައީސް ޞާލިހަށް ޓިކެޓުދިން ޖަލްސާގައި ރޮޒައިނާ ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
18 Feb 2023 | 10:34
ރައީސް ޔާމިނަށް ކުރި ވަރުގެ "ހަލާލު" ހުކުމެއް ތާރީހުގައިވެސް ނުކުރޭ: ރޮޒައިނާ

ވ. އާރަށުގެ ޚިޔާނާތް ސާބިތުވާކަމަށް ކަނޑައަޅާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމަށްވުރެ ވަކި "ހަލާލު" ހުކުމެއް ތާރީހުގައިވެސް ކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. 

ރޮޒައިނާ މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާނީ "ހަރާން ހުކުމެއް" ކަމަށް އެމަނިކުފާނު ސަޕޯޓަރުން ބުނަމުންދާތީ އެކަމަށް ފާޑުވިދާޅުވެ، ރޭ އެމްޑީޕިއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރޮޒެއިނާގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ ޖަލަށް ލާން ޖެހެނީ ހަމައެކަނި ރިހާކުރުފުޅި ވަގަށް ނެގި މީހާ ނޫން ކަމަށެވެ. ރައްޔިތުންގެ ފައިސާއިން ވައްކަން ނުކުރާނެކަމަށް ހުވާކޮށްގެން ހުންނެވި ބޭފުޅަކު އެ ހުވަޔާއި ޚިލާފުވުމުން އެންމެ ފުރަތަމަ ޖަލަށް ލާން ޖެހޭނީ އެމީހާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އެކަމުގައި ޝާމިލުވާ އިތުރު މީހުން ޖަލަށް ލާން ޖެހޭނީ އެންމެ އިސްކޮށް ހުންނަ ފަރާތް ޖަލަށްލުމަށް ފަހުގައިކަމަށް އޭނާ ވިދާޅިވިއެވެ.

އެގޮތުް ބަލާއިރު، ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވަނީ ހަލާލު ހުކުމެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ "ހަރާން" ހުމުން ބާތިލުކުރުމަށް ގޮވާލާ އިދިކޮޅުން މުޒާހަރާ ކުރަނީ 

"ގައުމުގެ ވެރިޔާ ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވާނެކަމަށް ހުވާކޮށްގެން ވެރިކަމަށް އަންނަ މީހާ ވައްކަންކުރީމަ އެންމެ ފުރަތަމަ ޖަލަށްލާން ޖެހެނީ ހަމަ އެމީހާ. އޭގެ ފަހުން ދެން ކުދި ވަގުންތައް ހޯދާނީ. ރައީސް ޔާމީންގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ އޮވެމެ ކޯޓަކުން ވައްކަން ސާބިތުވެގެން ރައީސް ޔާމީން ޖަލަށް ލީމަ، މި ގޮވަނީ ހަރާން ހުކުމެކޭ. ވަޓް އަ ޖޯކް އޭ އަޅުގަނޑަށް ބުނެވޭނީ. ބައްލަވާ މިޔަށްވުރެ ހަލާލު ހުކުމެއް މި ރާއްޖޭގެ ތާރީހުގައިވެސް ނުކުރޭ"

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ރޮޒޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުން ހަރާންވާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. 

އޭގެ އިތުރުން ރޮޒޭނާ ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމުން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުންވެސް ހާސްވެގެން އުޅޭތަން ނުފެންނަކަމަށެވެ. އެމަނިކުފާނު މީގެ ކުރިންވެސް ޖަލަށް ލާފައިވާއިރު، އެމަނިކުފާނު މިނިވަންކުރުމަށް ވަރުގދަ ހަރަކާތްތަކެއް ހިންގާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެއާއެކު ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މިހާރު ޕީޕީއެމުން މަގުމަތީގައި ހަރަކާތްތައް ހިންގަނީ ރިޔާސީ އިންތިޚާބު ކައިރިވެފައި އޮތުމުން ޕާޓީގެ ރޫހު އާލާކޮށްލުމުގެ ބޭނުމުގައި ކަމަށެވެ. އިތުރު އެއްވެސް ސަބަބެއް ނުފެންނަކަމަށް ރޮޒައިނާ ވިދާޅުވިއެވެ. 

ރޮޒައިނާ މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ގެންދަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީވެސް ރައީސް ޔާމިންކަމަށް އެ ޕާޓީއިން ވަނީ ކަނޑައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ