ދަނގެތީ ދާއިރާގެ މެމްބަރ މުހައްމަދް ނާޒިމް
ހަބަރު
18 Feb 2023 | 13:39
މާރިޔާ ޕަބްލިކް ގައި ޞަމަދުގެ ކިބައިން މަޢާފަށް އެދެންޖެހޭ: ކާނަލް ނާޒިމް

ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ ދީދީ ޕަބްލިކްގައި ޞަމަދުގެ ކިބައިން މަޢާފަށް އެދެންޖެހޭ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީގެ ރައީސް މުހައްމަދް ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރޭ ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓީކެޓް ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި، ދާދި ފަހަކުން އިންޑިޔާ އަށް ބޭސް ފަރުވާ އަށް ގޮސް ހުއްޓައި ހައްޔަރު ކޮށް ޑިޕޯޓު ކޮށްލި ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރއީސް އަދި އިންޑިއާ އައުޓް ހަރަކާތުގައި އެކްޓިވިސްޓް އަބްދުއްޞަމަދުގެ މައްސަލައިގައި ޞަމަދުއަށް ރައްދުވާ ގޮތަށް ވާހަކަ ދެއްކެވެމުގައި ހަޖޫޖެއްސެވުމާއި ގުޅިގެންނެވެ.

 މިނިސްޓަރ މާރިޔާގެ ވާހަކަގައި ވިދާޅުވީ ތިޔަބޭފުޅުންނަށް މިދޭތެރެއިން މީޑިއާތަކުގައި އުޅުނު ވަރަށް ބާރަށް ކޮންމެ ރެޔަކު އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުގެ މިލިޓަރީއާ ދިމާލަށް ގޮންޖައްސަވައި އެކި ގޮތްގޮތަށް ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައިވެސް އެ ފައުޖުގެ ކުރީގައި ދިދަ ހުންނަވާ ބޭފުޅެއް، ތުނބުޅި ބާލައްވައިގެން އާއިލާއާއެކު ވަޑައިގަތީ އިންޑިއާއަށް ކަމަށެވެ. ދެން އެނބުރި ވަޑައިގެންނެވިއިރު ކެމެރާތައް ހުރީ އޭނާއަށް އަމާޒުވެފައި ކަމަށާއި، މޫނުގައި އަތް އަޅުއްވައި ކީރިތިކުރެއްވިހެން ހީވިކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

 "ކެމެރާތައް ހުރީ އަޅުވާފައި. [ސަމަދުބެ] ވަޑައިގެން ވާހަކަދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މިހެން މޫނުގައި އަތް އަޅުއްވައި، އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތިކުރެއްވިހެން،" ސަމަދުއަށް ހަޖޫޖައްސަވަމުން މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ މި ވާހަކަތަކާއި ގުޅިގެން ނާޒިމް ވިދާޅުވީ "މާރިޔާގެ އެ ޢަމަލަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރެއްވި ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް، ޚާއްސަކޮށް ދިފާއި ވަޒީރެއްގެ މަޤާމުގައި ހުންނަވައިގެން، ޕަބްލިކްގައި ހުންނަވައިގެން އާންމު ރައްޔުތަކަށް ދިމާވި މިފަދަ ހާލަތެއްގެ ސަބަބުން ހަޖޫޖެހެން، ޕަބްލިކް ގައި ޞަމަދުގެ ކިބައިން މާރިޔާ މަޢާފަށް އެދެންޖެހޭ، ޞަމަދަށް އިހްތިރާމް ކުޑަވާގޮތައް ދެއްކި ވާހަކަތަކާއި މެދު" ނާޒިމް ވިދާޅުވިއެވެ.

"ގަދަ ފިންނަޏަކީ ވެސް އިންސާނުންނަށް ދެވޭ އަދަބެއް، ލޯޔަރެއްގެ ހައިސިއްޔަތުން އެކަމަނާއަށް މިކަން އެނގެންޖެހޭ" ކާނަލް ނާޒިމް އިތުރަށް ވިދާޅުވިއެވެ.

މާރިޔާގެ މި ވާހަކަތަކަށް އެކި ސިޔާސީ ފިކުރުގެ ވެރިންނާއި އާންމުން ދަނީ ފާޑުކިޔަމުންނެވެ. އަދި މިއީ ރާއްޖޭގެ ޑިފެންސް މިނިސްޓަރެއް ރައްޔިތަކާއި ގުޅުވައި ދައްކަން ނުޖެހޭ ވާހަކަތަކެއް ކަމެއް ބުނެ ގިނަ ބަޔަކު އަންނަނީ މާރިޔާގެ އިސްތިއުފާއަށް ގޮވާލައި ހިޔާލު ފާޅުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.