ދިޔާނާ ސައީދު/ ކުރީގެ ބަންޑާރަ ނައިބް
ހަބަރު
18 Feb 2023 | 15:39
ގަދަ ފިނީގައި ބެހެއްޓުމަކީ އިންސާނިއްޔަތާއި ޚިލާފު ކަމެއްކަން ދިފާއީ ވަޒީރަށް ނޭގުމަކީ ދެރަކަމެއް: ދިޔާނާ

ގަދަ ފިނީގައި ބެހެއްޓުމަކީ އިންސާނިއްޔަތާއި ޚިލާފު ޢަމަލެއްކަން ދިފާއީ ވަޒީރަށް ނޭނގުމަކީ ދެރަކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓީކެޓް ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި، ދާދި ފަހަކުން އިންޑިޔާ އަށް ބޭސް ފަރުވާ އަށް ގޮސް ހުއްޓައި ހައްޔަރު ކޮށް ޑިޕޯޓު ކޮށްލި ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރއީސް އަދި އިންޑިއާ އައުޓް ހަރަކާތުގައި އެކްޓިވިސްޓް އަބްދުއްޞަމަދުގެ މައްސަލައިގައި ޞަމަދުއަށް ރައްދުވާ ގޮތަށް ވާހަކަ ދެއްކެވެމުގައި ހަޖޫޖެއްސެވުމާއި ގުޅިގެންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަގައި ވިދާޅުވީ ތިޔަބޭފުޅުންނަށް މިދޭތެރެއިން މީޑިއާތަކުގައި އުޅުނު ވަރަށް ބާރަށް ކޮންމެ ރެޔަކު އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުގެ މިލިޓަރީއާ ދިމާލަށް ގޮންޖައްސަވައި އެކި ގޮތްގޮތަށް ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައިވެސް އެ ފައުޖުގެ ކުރީގައި ދިދަ ހުންނަވާ ބޭފުޅެއް، ތުނބުޅި ބާލައްވައިގެން އާއިލާއާއެކު ވަޑައިގަތީ އިންޑިއާއަށް ކަމަށެވެ. ދެން އެނބުރި ވަޑައިގެންނެވިއިރު ކެމެރާތައް ހުރީ އޭނާއަށް އަމާޒުވެފައި ކަމަށާއި، މޫނުގައި އަތް އަޅުއްވައި ކީރިތިކުރެއްވިހެން ހީވިކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

 "ކެމެރާތައް ހުރީ އަޅުވާފައި. [ސަމަދުބެ] ވަޑައިގެން ވާހަކަދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މިހެން މޫނުގައި އަތް އަޅުއްވައި، އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތިކުރެއްވިހެން،" ސަމަދުއަށް ހަޖޫޖައްސަވަމުން މާރިޔާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ސަލާމަތީ ޚިދުމަތުގައި އުޅުނު އުޅުނު މީހަކު ފިނި ކޮޓަރިއެއްގައި ބެހެއްޓީމައި ރޮއެފިކަމަށް ބުނެ "ވެޓްރަން" އަކަށް ހަޖޫ ޖެއްސެވިއިރު ގަދަ ފިންޏަކީ ބައެއް ހާލަތުގައި އިންސާނީއްޔަތާއި ޚިލާފު އަދަބެއް ކަން މާރިޔާއަށް އެނގިނުލެއްވުމަކީ ދެރަކަމެއްކަމަށެވެ.

އިތުރަށް ދިޔާނާ ވިދާޅުވީ އޭނާ އަކީ އިންޑިއާ އައުޓް ކެމްޕޭނަށް ތާއީދު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ދިވެހިރައްޔިތަކު ހުށައެޅުނު ވޭނާއި ތަކުލީފަށް އޭނާޔާމެދު ރަހުމުކުރުން އެއީ އޮތް ކަމެއްކަމަށާއި، އަދި ސިޔާސީ ފިކުރަށް ބަލައި ފަރަގު ނުކޮށް އޭނާގެ އިންސާނީ ކަރާމާތް ނެގެހެއްޓުމަކީ ވަޒީރުންގެ ދުސްތޫރީ ވާޖިބެއް ކަމަށެވެ.

ކޮމެންޓް
ސަރުބަ
ގަދަ ފިނި ނޫންކަން އެނގެނީ އެހެން މީހަކު ވެސް އެތާ އެހެން މީހަކު ވެސް އުޅުނީމަ.
18 Feb 2023
ޢަޙުމަދު.
ދިޔާނާ އަށް އިންސާނީ ކަރާމާތް ދަސްވެގެން ތިއުޅުއްވަނީ މިއަދުތަ؟
19 Feb 2023
ކޮތަވާލިސޮރުގެ ކަޅުބެ
ވަރަށް އަޙުލާގު ދަށް ވަޒީރެއް… މީނާ ޤާނޫނު އަސާސީއަށް ވަނީ ފައިންޕުޅުން އަރުއްވާފަ
19 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް