އެއް އުންމަތެކޭ މީ ކެމްޕޭން
ހަބަރު
18 Feb 2023 | 16:52
"އެއްއުންމަތެކޭ މީ" ކެމްޕޭނަށް އެއްދުވަހުން އެއްމިލިއަން

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުންތަކުގައި ގެދޮރު ގެއްލި ހާލުގައި ޖެހުނު އަޚުންނާއި އުޚްތުންނަށް އެހީވުމަށް "އެއްއުންމަތެކޭ މީ" މިނަމުގައި ފަށައިފައިވާ ކެމްޕޭނުގެ ދަށުން އިއްޔެ ކުރިއަށް ގެންދެވުނު ފަންޑު އެއްކުރުމުގެ ޕްރޮގްރާމްގެ ދަށުން އިއްޔެ އެއްމިލިއަން ރުފިޔާ ވަނީ ޖަމާކޮށްފިއެވެ.

އައިއޭސީއާ ގުޅިގެން ހިންގި މި ހަރަކާތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ހިންގަވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ)އާއި އިތުރު ގިނަ މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވެފައިވެއެވެ..

ސޫރިޔާއާއި ތުރުކީއަށް އައި ބިންހެލުމުގައި ގެއްލުންވީ މީހުންނަށް އެހީވުމަށް ހިންގި މި ހަރަކާތް އިންތިޒާމުކުރުމުގައި އިސްނަގައިގެން މަސައްކަތްކޮށްފައިވަނީ ފަތިސް ލީގުންނެވެ.

ހުކުރުދުވަހު ހުކުރު ނަމާދަށްފަހު މާލެއާއި އަތޮޅު ތެރޭގެ މިސްކިތްތައް ކައިރީ، ފަންޑު ފޮށިތައް ބެހެއްޓިއެވެ. އަދި އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައިވެސް ފަންޑު ފޮށިތައް ބަހައްޓާފައި ހުއްޓެވެ.

މި ހަރަކާތުގައި އިސްކޮށް އުޅުއްވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ދިޔަރެސް ނޫހަށް  މައުލޫމާތު ދެއްވި ކަމަށް އެނޫހުގައި ރިޕޯޓުކޮށްފައިވަނީ އިއްޔެ ހިންގި ހަރަކާތްތަކުން ޖުމްލަ 1 މިލިއަނެއްހައި ރުފިޔާ ލިބިފައިވާ ކަމަށެވެ.

ވީހާވެސް ގިނަ ބަޔަކަށް ތުރުކިޔޭ އާއި ސޫރިޔާއަށް އެހީތެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ރާވައި ހިންގި މި ކެމްޕެއިނުގައި އެއްކުރެވޭ ފައިސާއަކީ ތުރުކިޔޭ އަދި ސޫރިޔާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާނެ ފައިސާއެވެ.

މިބިންހެލުމާއި ގުޅިގެން އެތައް މިލިއަން ބަޔަކު ވަނީ ބޯހިޔާވަހިކަން ގެއްލިފައެވެ. އެތައް ބަޔަކު ވަނީ ޒަރޫރީ ބޭނުންތަކުން މަހުރޫމްވެފައެވެ. އެތައް ކުޑަ ކުއްޖަކު ފިނި މޫސުމުގެ ފިންޏާއި ހަނގުރާމަ ކުރަމުންދަނީ ފިނިން ރައްކާތެރިވާނެ ފޭރާން ނެތިއެވެ.

.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.