މުހައްމަދް ވަހީދު/ އުނގޫފާރު ދާއިރާގެ މެމްބަރު
ހަބަރު
18 Feb 2023 | 19:16
ހީފައި ޖޯކު ޖަހާ ވަރުގެ ކަންކަން ބޮޑެތި ވަޒީރު ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ: ވައްޑެ

ހީފައި ޖޯކު ޖަހާ ވަރުގެ ކަންކަން ބޮޑެތި ވަޒީރު ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް އުނގޫފާރު ދާއިރަގެ މެމްބަރު މުހައްމަދް ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ.

ވަހީދު މިހެން ވިދާޅުވީ ރޭ ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓީކެޓް ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި، ދާދި ފަހަކުން އިންޑިޔާ އަށް ބޭސް ފަރުވާ އަށް ގޮސް ހުއްޓައި ހައްޔަރު ކޮށް ޑިޕޯޓު ކޮށްލި ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރއީސް އަދި އިންޑިއާ އައުޓް ހަރަކާތުގައި އެކްޓިވިސްޓް އަބްދުއްޞަމަދުގެ މައްސަލައިގައި ޞަމަދުއަށް ރައްދުވާ ގޮތަށް ވާހަކަ ދެއްކެވެމުގައި ހަޖޫޖެއްސެވުމާއި ގުޅިގެންނެވެ.

"ހީފައި ޖޯކު ޖަހާ ވަރުގެ ކަންކަމާ، ސީރިޔަސްވާން ޖެހޭ ވަރުގެ ކަންކަން ވަކިކުރާން، ބޮޑެތި ވަޒީރު ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ" 

ވައްޑެ ވިދާޅުވެފައިވެއެވެ. 

 މިނިސްޓަރ މާރިޔާގެ ވާހަކަގައި ވިދާޅުވީ ތިޔަބޭފުޅުންނަށް މިދޭތެރެއިން މީޑިއާތަކުގައި އުޅުނު ވަރަށް ބާރަށް ކޮންމެ ރެޔަކު އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުގެ މިލިޓަރީއާ ދިމާލަށް ގޮންޖައްސަވައި އެކި ގޮތްގޮތަށް ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައިވެސް އެ ފައުޖުގެ ކުރީގައި ދިދަ ހުންނަވާ ބޭފުޅެއް، ތުނބުޅި ބާލައްވައިގެން އާއިލާއާއެކު ވަޑައިގަތީ އިންޑިއާއަށް ކަމަށެވެ. ދެން އެނބުރި ވަޑައިގެންނެވިއިރު ކެމެރާތައް ހުރީ އޭނާއަށް އަމާޒުވެފައި ކަމަށާއި، މޫނުގައި އަތް އަޅުއްވައި ކީރިތިކުރެއްވިހެން ހީވިކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

 "ކެމެރާތައް ހުރީ އަޅުވާފައި. [ސަމަދުބެ] ވަޑައިގެން ވާހަކަދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މިހެން މޫނުގައި އަތް އަޅުއްވައި، އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތިކުރެއްވިހެން،" 

ސަމަދުއަށް ހަޖޫޖައްސަވަމުން މާރިޔާ ވިދާޅުވިއެވެ.

އެވާހަކަތައް ދިފާއުކުރައްވަމުންވެސް އެކަމަނާ ތަކުރާރު ކުރެެއްވީ އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އަޑުއުފުލާނަމަ އިންޑިއާއިން ބޭނުން އަދަބެއް ދެވިދާނެ ވާހަކައެވެ. އަދި އެކަން ހުރިހާ ރައްޔިތުންވެސް ދަންނަން ޖެހޭނެ ވާހަކައެވެ. 

ޑިފެންސް މިނިސްޓަރު މި މޭރުމުން ވާހަކަދައްކަވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ދިވެހި ސިފައިންގެ ތެރޭގައި އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި އަލީ އިހްސާން ވަނީ މާރިޔާ ދީދީއަށް، އެކަމަނާއަކީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުކަން ހަނދާން ކޮށްދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.