ކަނޑުފޯރި މަސްރޭހުގެ ބައިވެރިން ނަގާފައިވާ ފޮޓޯއެއް..
ކުޅިވަރު
18 Feb 2023 | 18:01
106 ބައިވެރިންނާއެކު ކަނޑުފޯރި، ފޯރިއާއެކު ކުރިއަށް!

ރާއްޖޭގެ އެކި ކަންކޮޅުކުން ޖުމުލަ 106 ބައިވެރިންނާއިއެކު ސޮނީ ފިޝިންގެ "ކަނޑު ފޯރި" މަސް ރޭސް ފަށައިގެން ވަރަށް ފޯރިއާއެކު ކުރިއަށްދާކަމަށް ރޭސް އިންތިޒާމު ކުރާ ފަރާތުން ބުނެފި އެވެ.  

ޖުމުލަ 106 ބައިވެރިންނާއި، 5 ސްޕޯޓްސް މަސްދޯންޏާއި އެކު މިއަދު ހެނދުނު 6:00 ގައި ފަށާފައިވާއިރު މި މަސް ރޭހުގައި އެކަނި ބައިވެރިވާ ބައިވެރިން ރޭސް ނިންމަން ޖެހެނީ އިރުއޮއްސި 6 ޖަހާއިރު ނިންމާނެއެވެ. ގްރޫޕް ކޮށް ބައިވެރިވާ ޓީމުތައް ނިންމާލުމަށް ހަމަޖެހިފައިވާ އިރުއޮއްސި 7 އަށް ނިންމާލާނެ އެވެ.  

މަސް ރޭހުގެ ބައިވެރިއަކު ނަގާފައިވާ ފޮޓޮއެއް

މަސްރޭހުގައި ބައިވެރިވެފައިވާ ކޮންމެ ބޯޓެއްގައި އޮފިޝަލަކު ހުންނާނެއެވެ. އަދި މަސްރޭހުގެ ބައިވެރިން މުބާރާތުގެ ގަވާއިދު ތަކަށް ބޯލަނބައި، މަސްބޭނުމުގެ ތެރެއިން މަނާ އެއްވެސް ކަމެއް ކުރޭތޯ އޮފިޝަލުން ޗެކުކުރާނެއެވެ. 

ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މި މަސްރޭހުގައި، ބާނާ ވަކި ވައްތަރެއްގެ މަހަކަށް ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވާއިރު، ބޭނުމަށްފަހު ދޫކޮށްލަންޖެހޭ ކަހަލަ މަހެއް ދޫކޮށްލައިފިނަމަ ވެސް ޕޮއިންޓް ލިބެއެވެ.  

މަސްރޭހުގެ ބައިވެރިވި ޓީމެއްގެ ދަތުރުގެ މަންޒަރުތައް 

ކަނޑު ފޯރީގެ ނަމުގައި ކުރިއަށް ގެންދާ މަސް ރޭހަކީ ސޮނީ ފިޝިންއާއި ޔުނިކްސް ސްޕޯޓްސް ގުޅިގެން ހަދާފައިވާ "ކަނޑު ފޯރި" ވާޗުއަލް ފިޝިން އެޕް ލޯންޗު ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މި ރަސްމިއްޔާތު އޮންނާނީ މިރޭ 8:00 ގައި އުސްފަސްގަނޑުގައެވެ.

އެ ރަސްމިއްޔާތުގައި "ކަނޑު ފޯރިި" އެޕް ދައްކާލުން އޮންނާނެއެވެ. މި މަސްރޭހުގައި ބާނާ މަސް ކަނޑު ފޯރި އެޕް ބޭނުންކޮށްގެން ބައިވެރިންގެ އަމިއްލަ ޕްރޮފައިލަށް އަޕްލޯޑުކޮށް ޕޮއިންޓު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

"ކަނޑު ފޯރި" މަސް ރޭހުގެ ފުރަހަމަ ރޭހުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާގެ އިނާމުތައް ވަނީ ހުށައަޅާފައެވެ. މި މުބާރާތުގައި ސްޕޯޓްސް ފިޝިން ކެޓަގަރީއިން އެއްވަނަ ލިބޭ ފަރާތައް 15000 ރުފިޔާގެ ފައިސާގެ އިނާމާއި 10000 ރުފިޔާގެ ގިފްޓު ވައުޗާއެއް  ލިބޭނެއެވެ. 

އޭގެ އިތުރުން އަތުނަނުގެ ކެޓަގަރީއިން އެއްވަނައަށް ދާ ފަރާތަކަށް 10000 ރުފިޔާއާއި 5000 ފުރިޔާގެ ގިފްޓު ވައުޗާއެއް ވަނީ ހުށައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.