ޝައިޙް މިޝާރީ އަލް ޢަފާސީ އާއި އެކު މިިނިސްޓަރ މަހްލޫފް
ހަބަރު
19 Feb 2023 | 05:45
"ރަންތާޖު" ޤުރުއާން މުބާރާތުގެ މެހެމާނަކަށް ޝައިޙް މިޝާރީ އަލް ޢަފާސީ

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަންތާޖު" މުބާރާތުގެ  ޚާއްސަ އެއް މެހެމާނަކަށް ޤަޠަރުގެ ޤާރީ ޝައިޙް މިޝާރީ ރާޝިދް އަލް ޢަފާސީ ވާނެ ކަމަށް ޔޫތް މިނިސްޓަރ އަހްމަދް މްހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް މިކަން އިއުލާނުކުރައްވާފައިވަނީ އޭނާ މިހާރު ކުވައިތަށް ކުރައްވަމުންދާ ދަތުރުފުޅުގައި ޝައިޙް މިޝާރީއާ ބައްދަލުކުރެއްވުމަށް ފަހު ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރ މަހްލޫފް މިކަން އިއްލާނު ކުރައްވައިފައި ވީނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.   .

"ރަންތާޖު" މުބާރާތަކީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުން ވެސް ބޮޑެތި މީހުންނަށް ބައިވެރިވެވޭ ގޮތަށް، ސަރުކާރުން އިސްނަގައިގެން އަންނަ ރޯދަ މަހަކު ބާއްވަން އިއުލާންކޮށްފައިވާ ބޮޑު ޤުރުއާން މުބާރާތެކެވެ..

ޔޫތު މިނިސްޓްރީން ބުނެފައިވަނީ އުމުރުން 16-45 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ވެސް އެ މުބާރާތުގައި ބައިވެރި ވެވޭނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވާ މި މުބާރާތް ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވަނީ ރާއްޖެ ޓީވީ އިންނެވެ. މުބާރާތުގެ އެއްވަނަ ހޯދާ ފަރާތަކަށް އިނާމުގެ ގޮތުގައި 300،000ރ. ވަނީ ހުށަހަޅާފައިވާއިރު މިމުބާރާތުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން އެސްއެމްއެސް ކުރުމުގެ ފުރުސަތު މިއަހަރު ފެށުނުއިރު ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު ހަމަވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.