ވެއްޓިފައިވާ އިމާރާތައް ހުރި ސަރަހައްދު/ ތުރްކިޔޭ
ހަބަރު
19 Feb 2023 | 15:40
ބިންހެލުމުގައި ނިޔާވި މީހުންގެ ޢަދަދު 46،000 އަށް އަރައިފި

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތަކުގެ ސަބަބުން ދެ ޤައުމުން ނިޔާވި މީހުންގެ ޢަދަދު 46،000 އަށް އަރައިފިއެވެ.

ކާރިސާ އަށް ބާރަ ދުވަސް ވެފައި ވާއިރު ބިންހެލުން ތަކުގެ ސަބަބުން 84،000 އިމާރާތެއް ވަނީ ރެނދުލައި ހަލާކުވެފައެވެ. އަދި ވީ އެންމެ އަވަހަކަށް އެއިމާރާތްތައް ތަޅައިލުމަކީ އެންމެ ރައްކާތެރި ގޮތް ކަމުގައި ކަމާއި ގުޅޭ މާހިރުން ވަނީ އިރުޝާދު ދީފައެވެ.

ތުރްކިޔޭ އިން މިހާތަނަށް 40،642 މީހުން ނިޔާވެފައިވާއި އިރު އަވަށްޓެރި ސީރިޔާއިން 5800 މީހުން ނިޔާވެފައިވެއެވެ. އަދި މި ޢަދަދަށް ބަދަލު ނާންނަތާ 5 ވަރަކަށް ދުވަސްވެއްޖެއެވެ.

ބިންހެލުމުގެ ސަބަބުން ވީނުވީއެއް ނޭނގި ގެއްލިފައި ތިބި މީހުންގެ ޢަދަދެއް ތުރްކިޔޭ އަދި ސީރިޔާގެ ވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެވެސް ބިންހެލުމުގެ އަސަރު ކުރި ފަރާތްތަކުން ތިބީ ހިތްހަމަނުޖެހިފައެވެ.

މީގެ އިތުރުން ތުރްކިޔޭގެ ރައްޔިތުން ތިބީ އިމާރާތްތައް ހެދުމުގެ މަސައްކަތް ކޮށްފައި ހުރި މީހުން އެކަންތަކުގައި އޮޅުވާލައި މަކަރު ހަދައިފައި ހުރުމުން އާއިލާތަކަށް ލިބުނު ގެއްލުން ތަކާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

މީގެ ތެރެއިން އެއްބައި އިމާރާތް "ރޮނެސަންސް ރެޒިޑެންސް" އޭ ކިޔާ އިމާރާތްތަކެވެ. މިއީ ތުރްކިޔޭގެ އަންޓާކްޔާ ގައި ހުންނަ އިމާރާތްތަކެކެވެ. އެ އިމާރާތްތަކަކީ އާތް ކުއޭކް ސޭފް ފެންވަރަށް ހަދައިފައި ހުރި އިމާރާތްތަކެއް ކަމަށް އެތަންތަން ހެދި ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް ބިންހެލުމުގައި އެއިމަރާތް ވެއްޓި 100 އެއްހާ މީހުން ވަނީ މަރުވެފައެވެ.

"އަހަރެމެން ކައިރީގައި ބުނީ އާތްކުއޭކް ސޭފް އޭ، އެކަމަކު ވީގޮތް ފެންނަން މިއޮތީ، ވަރަށް ގޯސް ކޮށް މިކަން ކޮށްފައި މިއޮތީ، ރަނގަޅަށް ސިމެންތި ވެސް އަޅާފައި ނެތް، ދަނގަޑުވެސް ބޭނުން ކޮށްފައި ހުރީ ވަރަށް މަދުން" އެއިމާރާތުގައި ދިރިއުޅުނު މީހެއްގެ ބޭބެ ހަމްޒާ އަލްޕަސްލަން ބުނެފައިވެއެވެ.

ތުރްކިޔޭގެ ސަރުކާރުން ވަނީ އިމާރާތްކުރާ ކުންފުނިތަކުން މިފަދަ ކަންކަން ކުރާކަން ޝައްކުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އަދި މިހާތަނަށް 100 ކުންފުންޏަކަށް ވަނީ ފިޔަވަޅު އަޅާއިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.