ލ. މުންޑޫ ނޫވިލު، އަލީ ޒިޔަދަމް
ހަބަރު
19 Feb 2023 | 16:13
ޒިޔަދަމްގެ މަރު: ވާރިސުން އެދެނީ މަރަށް މަރު ހިފުމަށް

2015 ވަނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި މަރާލި މައްސަލާގައި އޭނާގެ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ވާރިސުން ބުނެފިއެވެ.

ޒިޔަދަމުގެ މަރާ ގުޅިގެން ދައުވާކުރަނީ ލ. މުންޑޫ/ ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) އަށެވެ. ޝަނޫނާއި ޝިފާމަށްވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. މީގެ އިތުރުން ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް ވަނީ އުފުލާފައެވެ.

ޒިޔަދަމްގެ ބޮލަށާއި ބުރިކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ.

ޒިޔަދަމަށް ހަމަލާދިނީ ދައުވާ ލިބޭ ދެ މީހުންނާއި ޒިޔަދަމް ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި މަރުވި ޒިޔަދަމަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހުކުމް ނުކުރެވި ދިގުލައިގެން ގޮސްފައިވަނީ އެ މައްސަލައިގެ ގާޒީން އެކިފަހަރު މަތިން ބަދަލުވަމުން ދިއުމާއި ގުޅިގެންނެވެ. 

މި މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން ބާއްވާ އެންމެ ފަހު އަޑުއެހުން މިދިޔަ ނޮވެމްބަރު މަހުގައި ބާއްވާފައިވާއިރު، އެ އަޑުއެހުމުގައި ވަނީ ހުކުމުގެ ކުރިން ގާޒީ ސާފުކުރައްވަން ބޭނުންވާ ކަންކަންވެސް ސާފުކުރައްވާފަ އެވެ. އެ ދުވަހުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ، ސާފުކުރައްވަން ބޭނުންފުޅުވި ކަންކަމަށް މިމަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވައިފައެވެ.

އެއަށްފަހު، މިމައްސަލައިގެ މިދިޔަ ޑިސެމްބަރު މަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޞީ އިސްމާއިލް ޝަފީއު ވިދާޅުވީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުންނާއި، ޝަފައީ ހެކިތަކުން ޝަނޫނުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި މިމައްސަލާގައި ސިފްހާމްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފައެވެ.

މި އަޑުއެހުމަށްފަހު މި މައްސަލާގައި ވާރިސުންގެ ބަސްނެގުމުގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓް ގައި ވަނީ ބާއްވާފައެވެ.

ޒިޔަދަމްގެ ވާރިސުންގެ ތެރޭގައި އޭނާގެ ބައްޕައާއި އެއްބަނޑު އެއްބަފާ އަންހެން ފަސްކުދިންނާއި ފިރިހެން ކުއްޖެއް، އަދި އެއްބަފާ ދެ ކުދިންވެސް ހިމެނެއެވެ. މީގެ ތެރެއިން އަޑު އެހުމަށް ހާޒިރުވި ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށްް ބުނެފައެވެ. މިއާއިއެކު ޒިޔަދަމް މަރުވި އިރު ދުނިޔޭގައި ހުރި އޭނާގެ މަންމަ ވެސް ވަނީ ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުަގައި މަރަށް މަރު ހިފަަން ބޭނުންވާ ކަމަށް ބުނެފައެވެ.

އަންނަ ހަފްތާގައި ދެން ކުރިއަށް އޮތް އަޑުއެހުމުގައި އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމާއި ހުކުމް އިއްވިގެން ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.