މާފުށީ ޖަލު
ހަބަރު
19 Feb 2023 | 17:00
ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ހުއްޓާނުލާ ކުރިއަށްދާތާ ފަސް ދުވަސް

މާފުށީ ޖަލުގައި ހަރުކަށި ޔުނިޓްގައި ތިބި ގައިދީން ކުރިއަށް ގެންދާ ބަނޑިހައިކަމުގެ ހަޅުތާލަށް ފަސް ދުވަސް ވެއްޖެއެވެ.

މި ހަޅުތާލު ފަށައިފައިވަނީ މާފުށީ ޖަލުގެ ހަރުކަށި ޔުނިޓުގައި ތިބި ގައިދީންނަށް ދެ ގަޑިއެއްގެ ކެއުން ނުދިން މައްސަލައިގައެވެ. ގައިދީން ހަޅުތާލު ފަށައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ހަޅުތާލުގައި ބައިވެރިވެ ހަޅުތާލު ކުރަމުންދަނީ ހަރުކަށި ޔުނިޓްގައިތިބި 17 ގައިދީން ތެރެއިން 15 ގައިދީއެކެވެ.

ގައިދީން މި ހަޅުތާލު ފަށައިފައިވަނީ ހަރުކަށި ޔުނިޓުގެ ގޮޅިތަކަށް އެއް ރެއެއްގެ ކެއުމާއި ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ސައި ނުދިނުމާއި، ޖަލު އޮފިސަރުން ގޮޅި ބަލައި ފާސްކުރަން ވަދެ، އެ މީހުންގެ އަންނައުނާއި ރީތިވާ ސާމާނު އަތުލާތީއާއި، މިގޮތަށް އަތުލުމަށް ފަހު އެ ތަކެތި އަނބުރާ ދިނުމަށް ހަފްތާއެއްހާ ދުވަސް ނަގާތީއާއި، ގޮޅިއާ މެދު ގައިދީން ފާހަގަކުރާ ބޮޑެތި މައްސަލަތައް ހައްލުނުކޮށް ދިގުލައިގެންދާތީ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ޖަލު ގޮޅީގައި ދިމާވާ މައިގަނޑު މައްސަލަ އެއްކަމަށް ބުނެފައިވަނީ ފަންކާތަކުގެ އަޑުގަދަވާ މައްސަލައެވެ. އަދި ފަންކާތައް ބަދަލުކޮށްދޭން އެދި، ނުކޮށްދިނުމުން އެ މައްސަލަ މީގެ ކުރިން އެޗުއާރުސީއެމަށް ވެސް ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ހަޅުތާލު ކުރަމުން އަންނަތާ މިއަދަށް ފަސް ދުވަސް ވެފައި ވާއިރު، ގައިދީން ބޭނުންވަނީ، އެ މީހުންގެ ޝަކުވާތައް ސީދާ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅަށް ހިއްސާކުރުމަށެވެ. ގައިދީން ބުނެފައިވަނީ ޖަލު އޮފިސަރުންނަށް އިތުބާރު ނުކުރެވޭ ކަމަށެވެ.

ނަމަވެސް، އެކަން ކުރެވޭނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލައި ކާން ފެށުމުން ކަމަށް، މާފުށީ ޖަލު ބެލެހެއްޓުމުގައި އިސްކޮށް އުޅޭ ކަރެކްޝަންސްގެ ބޭފުޅަކު ގައިދީންނަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.