އަފްރާ އޭނާގެ ބޮޑު ދައިތަގެ ފިރިމީހާ ޙަލީލް އާއިއެކު
ހަބަރު
20 Feb 2023 | 05:30
ސީރިޔާގެ "މިރަކަލް ބޭބީ" ބޮޑުދައިތަގެ ލޯބީގެ ހިޔަލަށް

ތުރްކިޔޭ އާއި ސީރިޔާއަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އައި ބިންހެލުމުގައި ސީރިޔާގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި އޮތް މާބަނޑު އަންހެނަކު ވިހެއި ކުއްޖެއްގެ ވާހަކަ ގިނަ މުޅި ދުނިޔޭހގެ ސަމާލުކަމަށް އައިސް ފައިވެއެވެ.

ވެއްޓިފައި އޮތް އިމާރާތުގެ ދަށުގައި އޮވެ ކުއްޖާ ވިހެއުމަށް ފަހު އެކުއްޖާގެ މަންމަ ވަނީ ނިޔާވެފައެވެ. ވެއްޓިފައިވާ ފާރުތަކުގެ ދަށުން އެތުއްތު ކުއްޖާ ނެގުމަށްފަހު ފަރުވާއަށް ގެންގޮސްފައިވަނީ އަފްރިން ޑިސްޓްރިކްޓް ގައި ހުންނަ ޖިހާން ހޮސްޕިޓަލަށެވެ.

އާއިލާއާއި ދެތަންވެ ތުއްތު ކުއްޖާ ފަރުވާ އޮތީ ހޮސްޕިޓަލުގައެވެ. އެއަށްފަހު އެކުއްޖާ އަކީ ކާރިސާގައި ނިޔާވި ދެމަފިރިން ކަމަށްވާ އަބްދުﷲ އަދި އަފްރާ މިލެއިހަން ގެ ދަރިއެއްކަން އެނގުނެވެ. ކަމާބެހޭ ފަރާތްތަކުން އިތުރަށް ބެލި ބެލުމުން އެނގުނީ އެކުއްޖާގެ އެއްބަނޑު އެއްބަފާ އެހެން ކުދިންވެސް ބިންހެލުމުގައި ނިޔާވިކަމެވެ.

ބިންހެލުމަށް ފަހު އިމާރާތުގެ ދަށުން ނަގައިގެން ގެންދިޔަ ގޮތަށް ކުއްޖާ އޮތީ ހޮސްޕިޓަލުގައެވެ. އޭނާގެ ބޮޑުދައިތަ އާއި ބޮޑުދައިތަގެ ފިރިމީހާ އާއި އެނާ ހަވާލު ކޮށްފައިވަނީ މިއަދުއެވެ. އޭނާގެ ބޮޑުދައިތަގެ ފިރިމީހާ ވަނީ، ބިންހެލުމުގެ ތިން ދުވަސް ފަހުން އުފަންވި އޭނާގެ ދަރިފުޅެކޭ އެއްގޮތަށް އެކުއްޖާ ބޮޑު ކުރާނެ ކަމަށް ބުނެފައެވެ.

"މި ކުޑަ ކޮއިފުޅަކީ އަހަރެމެންނަށް ވަރަށް މުހިންމު ކުއްޖަކަށްވާނެ، އޭނަގެ އާއިލާގެ އެއްވެސް މީހަކު ސަލާމަތެއް ނުވޭ، މިކޮއެފުޅު ނޫން، މިކުއްޖާ ވާނީ އޭނާގެ މައިންބަފައިންގެ ހަނދާނީ ޒިކުރާއަކަށް، އަހަނަށްވެސް، އޭނާގެ ބޮޑު ދައިތައަށްވެސް، ގާތް ތިމާގެ އެންމެންނަށްވެސް، އަދި ކީއްތަ އަހަރެމެންގެ ވިލެޖްގެ އެންމެންނަށްވެސް އެދެމީހުންގެ ހަނދާނަކަށް މިކޮއެފުޅުވާނެ" އެކުއްޖާގެ ބޮޑު ދައިތަގެ ފިރިމީހާ ކިޔައިދީފައި ވެއެވެ.

ކުއްޖާ އާއި ހަވާލުވި ބައްޕަ ފަރާތު ބޮޑު ދައިތަ ހާލާ އާއި އެނާގެ ފިރިމީހާ ޙަލީލް ވަނީ އެކުއްޖާގެ މަންމަ އަފްރާ ގެ ނަމުން އެކުއްޖާއަށް ނަންދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.