ވެއްޓިފައިވާ އިމާރާތްތަކުގެ ކައިރީގައި ކުޑަ އަންހެން ކުއްޖަކު ހުއްޓިލައިގެން/ ތުރްކިޔޭ
ހަބަރު
20 Feb 2023 | 05:47
ތުރްކިޔޭ އިން "ސާރޗް އެންޑް ރެސްކިޔު" ނިންމާލަނީ

ތުރްކިޔޭ އާއި ސީރިޔާ އަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމާއި ސަލާމަތް ކުރުމަށް ތުރްކިޔޭގައި ހިންގަމުންދާ "ސާރޗް އެންޑް ރެސްކިޔު" ދެ ސަރަހެއްދެއް ފިޔަވައި އެހެން ހުރިހާ ތަނެއްގައި ނިންމާލައިފިއެވެ.

"ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ ޢަދަދު 46،642 އަކަށް މިވަނީ އަރައިފައި، އިމާރާތްތަކުގެ ކޮންސްޓްރަކްޝަން ފާރުތަކުގެ ދަށުގައި ތާށިވެފައި މީހުން ތިބިތޯ އާއި މީހުން ތިބިނަމަ، އެމީހުން ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތް ގިނަ ޕްރޮވިންސް ތަކުގައި މިވަނީ ނިމިފައި" އޭއެފްޑިއޭގެ ހެޑް ޔޫނިސް ސެޒަރް މީޑީއާތަކަށް ބުނެފައިވެއެވެ.

"ޤަބޫލް ކުރެވޭ ގޮތުގައި ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންސް މާދަމާރެއަށް ނިންމާލެވޭނެ ކަމަށް" ޔޫނިސް އިތުރަށް ބުނެފައިވެއެވެ.

7.8 މެގްނިޑިއުޑް ގައި ތުރްކިޔޭ އާއި ސީރިޔާ އަށް އައި މިބިންހެލުމުގައި 46،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ބޯހިޔާ ވަހިކަންގެއްލިފައެވެ.

"އަހަރެމެން މިހާރު މިތިބީ ތާރީޚުގައި ވެސް ދިމާވި އެންމެ ބޮޑު ކާރިސާއާއި ކުރިމަތިލައިގެން، ބިންހެލުންތަކާއި އާފްޓަރޝޮކްސް ތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ބޮޑު، 11 ޕްރޮވިންސަކަށް އަސަރުކޮށް ގެއްލުން ލިބިފައިވޭ" ޔޫނިސް ބުނެފައިވެއެވެ.

ސީރިޔާގެ 5800 މީހުން މަރުވެފައި ވާކަން ޔަޤީން ކުރެވިފައިވާއިރު މިނަމްބަރަށް ބަދަލެއް ނާންނަތާ ދެތިން ދުވަހެއް ވަނީ ވެފައެވެ. ޑަބްލިޔު އެޗްއޯ އިން ބުނެފައިވަނީ ތުރްކިޔޭ އާއި ސީރިޔާގައި 26 މިލިއަން މީހުން އިންސާނީ އެހީ އަށް ބޭނުންޖެހިފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.