ރެސްކިޔު ޓީމަކުން މަސައްކަތުގައި/ ތުރްކިޔޭ
ހަބަރު
19 Feb 2023 | 23:49
12 ދުވަސް ފަހުން އާއިލާއެއް ސަލާމަތްކޮށްފި

ތުރްކިޔޭ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުން ތަކުގައި ތުރްކިޔާއިން  ވެއްޓުނު ޢިމާރާތެއްގެ ދަށުން، ކާރިސާއަށް 12 ދުވަސް ފަހުން ސީރުޔާގެ  އާއިލާއެއް ސަލާމަތްކޮށްފިއެވެ.

ކިރިކިސްތާންގެ ރެސްކިޔު ޓީމަކުން ހޮނިހިރު ދުވަހު ކުރި މަސައްކަތުން ސަލާމަތް ކޮށްފައިވަނީ ތުރްކިޔޭގެ އަންޓާކްޔާގައި ދިރިއުޅުނު ސީރިޔާގެ އާއިލާއެއްގެ ފަސް މެމްބަރެކެވެ.

އެއީ ތިން ކުދިންނާއި މަންމަ އަކާއި ބައްޕައެއް ހިމެނޭ އާއިލާއެކެވެ. މަންމަ އާއި ބައްޕަ އާއި އެކު އެއް ކުއްޖަކު ވަނީ ސަލާމަތް ކުރެވިފައެވެ. އެކުއްޖާގެ އެއްމާބަނޑު ކޮއްކޮ އާއި ދޮއްޓަށް ހުންނަ ދައްތަ ވަނީ އިމާރާތުގެ ދަށުން ނެގި ފަހުން ޑީހައިޑްރޭޝަންގެ ސަބަބުން ނިޔާވެފައެވެ.

"މީގެ ގަޑިއެއްހާއިރު ކުރިން ކޮންނަމުން ދިޔައީ، ދަނިކޮށް ބަޔަކު ގޮވާއަޑު އިވުނީ، ދިރިތިއްބަ މީހުން ފެނުނީމަ ވަރަށް އުފާވޭ އަބަދުވެސް" ރެސްކިޔު ޓީމުގެ މެމްބަރެއް ކަމަށްވާ އަޓޭ އޮސްމާނޮވް ބުނެފައިވެއެވެ.

ރެސްކިޔު ޓީމް އެވަގުތު މަސައްކަތް ކުރަމުންދިޔައިރު ޓްރެފިކް ހުއްޓުވައިގެން 10 އެމްބިޔުލާންސް އޮތީ ތައްޔާރަށް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ރެސްކިޔުޓީމުން އެތަނުގައި ތިބި އެންމެންނަށް އެންގީ އަޑުމަޑު ކުރުމަށް ކަމަށާއި އެއްވެސް އަޑެއް ނީއްވުމަށް ކަމަށް އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެއެވެ. ރެސްކިޔު ޓީމުން ހަލާކުވެފައި އޮތް އިމާރާތުގެ މައްޗަށް އެރީ އިލެކްޓްރިކް ޑިޓެކްރަކާއި އެކު ކަމަށާއި އެ އާއިލާ ފެނުނީ އެހެން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޓީމުތަކަށް ދިރިތިބި މީހުން ފެނުނު ނަމަވެސް، ދިރިތިއްބައި ފެންނަ މީހުން ވަނީ މަދުވެފައެވެ. އަންކާރާގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ސިނެމް ކޮސެގުލް ބުނެފައިވަނީ ބިންހެލުމުގެ އަސަރުކޮށް ސަލާމަތް ވެފައި ތިބި މީހުން ތިބީ އަދިވެސް ރެސްކިޔު ޓީމުތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ އުންމީދުގައި ކަމަށެވެ.

"ބައެއް މީހުން އެބައުޅޭ އާއިލާ މީހުންގެ ހަބަރެއް ނުލިބިގެން، މަރުވީކަމެއް، ސަލާމަތުން ތިބި ކަމެއް، ހޮސްޕިޓަލުގައި ކަމެއް ވެސް ނޭނގޭ، އެއްވެސް މައުލޫމާތެއް އެމީހުންނަށް ލިބިފައެއް ނުވޭ" ސެނިމް ބުނެފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.