ތޮރްޚަމް ބޯޑަރު ކައިރި
ހަބަރު
20 Feb 2023 | 16:14
އަފްޣާން-ޕާކިސްތާންގެ ތޮރްޚަމް ބޯޑަރު ބަންދުކޮށްފި

އަފްޣާނިސްތާނާއި ޕާކިސްތާނާއި ދެމެދު އޮންނަ ތޮރްޚަމް ބޯޑަރ ބަންދުކޮށްފިއެވެ.

ތޮރްޚަމް ބޯޑަރަކީ ޕާކިސްތާނުން އަފްޣާނިސްތާނަށް އެތެރެވެން އޮންނަ މައި ބޯޑަރެވެ. ބޯޑަރު ބަންދުކުރުމުގެ ކުރިން އެތަނުން ބަޑީގެ އަޑު އިވުނު ކަމަށް އެހިސާބުގެ ރައްޔިތުން ވަނީ ބުނެފައެވެ.

ބޯޑަރު ބަންދުކުރީ ޕާކިސްތާނުން ކަމެއް ނުވަތަ އަފްޣާނިސްތާނުން ކަމެއް ޔަޤީންކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ބޯޑަރު ބަންދު ކޮށްފައިމިވަނީ އަފްޣާނިސްޠާނުގައި ވެރިކަން ކުރާ ޠާލިބާނުންނާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ހާލަތެއްގައެވެ.

ތޮރްޚަމް އަށް އަފްޣާނިސްޠާނުން ކަނޑައަޅައިފައި ހުރި ކޮމިޝަނަރ މުއްލާ މުހައްމަދް ސިއްދީޤް މީޑިއާ އަށް ބުނެފައިވަނީ ޕާކިސްތާނުން އެމީހުން ވެފައިވާ އެއްބަސްވުމާއި ޚިލާފު ވެފައިވާކަމަށެވެ. އެހެންވެ ބޯޑަރު ބަންދު ވީކަމަށެވެ.

މުއްލާ މުހައްމަދު ވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޯޑަރު ހުރަސްކުރުން މަނާކޮށްފައެވެ. އަދި ސަރުކާރުން އަންގާއެންގުމެއް އެންގުމުގެ ކުރިން ބޯޑަރު ކައިރިން ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ޕާކިސްތާނުގެ ޕޮލިސް އޮފިސަރެއް ކަމަށްވާ ޚާލިދް ޚާން ވަނީ ތޮރްޚަމް ބޯޑަރު ބަންދުކުރިކަން ޔަޤީން ކޮށްދީފައެވެ.

އަފްޣާން ޕާކިސްޠާން ގުޅުވައިދޭ މި ބޯޑަރަކީ އެދެޤައުމުގެ ދެމެދުގައި ދަތުރުކުރާ މީހުންނާއި މުދާ އުފުލާ މައި ދޮރާއްޓަށް ވިޔަސް، މި ބޯޑަރަކީ ދެ ގައުމުގެ ކޯޅުމުގައި އަމާންކަން ގެއްލޭ އެންމެ މައި އެއްތަނެވެ.

އެހިސާބުގަނޑުގައި ދިރިއުޅޭ މުހައްމަދު އަލީ ޝިރްވާނީ ބުނެފައިވަނީ ބޯޑަރު ބަންދުކޮށްފައިވަނީ އާދީއްތަ ދުވަހުކަމަށެވެ. އަދި ހޯމަ ދުވަހުގެ ހެނދުނު ބޯޑަރު ކައިރިން ބަޑިޖަހާ އަޑު އިވިފައިވާކަމަށެވެ.

"ބަޑިޖަހާ އަޑު އިވެންފެށީމަ އަހަރެމެން ވަރަށް ކަންބޮޑުވި، އަހަރެމެން ހީކުރީ ދެގައުމުގެ ސިފައިންގެ ދެމެދުގަ ހަނގުރާމަ ފެށީކަމަށް" މުހައްމަދު ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.