ބިންހެލުމުގައި ވެއްޓުނު ފިހާރައެއްގެ އިމާރާތެއްގެ ކައިރީގައި ބަޔަކު ހުއްޓިލައިގެން
ދުނިޔެ
20 Feb 2023 | 20:16
ހީވަނީ ހަށިގަނޑުގެ އެއްބައި ގެއްލިފަވާހެން

"ހީވަނީ ހަށިގަނޑުގެ އެއްބައި ގެއްލިފަވާހެން" މިއީ ތުރްކިޔޭ އާއި ސީރިޔާއަށް އައި ބިންހެލުމުގައި އާއިލާގެ މެމްބަރުން ގެއްލުނު މީހުންގެ އިހްސާސެވެ.

12 އަހަރުވަންދެން ދާޚިލީ ހަނގުރާމައިގެ ހިޔަލުގައި ތިބެ ނަފްސާނީ ގޮތުން އެތައް އަސަރެއް ކޮށްފައިވާ ސީރިޔާގެ 4 މިލިއަނެއްހާ ރައްޔިތުން އަނެއްކާވެސް މިވަނީ އެފަދަ ހާލަތެއް ތަޖުރިބާ ކުރަން ޖެހިފައެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާ ކާރުން ބުނެފައިވަނީ ބިންހެލުންތަކުން ސަލާމަތްވެފައި ތިބި މީހުން ދިގު މުއްދަތަކަށް ނަފްސާނީ އެކިއެކި އުނދަގޫތައް ތަޖްރިބާ ކުރަންޖެހިދާނެ ކަމަށެވެ. ޑިޕްރެޝަނާއި ޕޯސްޓް ޓްރަމަޓިކް ސްޓްރެސް ޑިސްއޯޑަރ ފަދަ ކަންކަން ތަހައްމަލް ކުރަން ޖެހިދާނެ ކަމަށެވެ.

ސީރިޔާގައި ބިންހެލުމުގެ އަސަރުކޮށް އާއިލާގެ އެންމެން ގެއްލުނު މީހުވެސް ވަރަށް ގިނައެވެ. ސީރިޔާގެ އަބްސިންޔާ ޓައުންގައި ދިރިއުޅޭ 37 އަހަރުގެ ޠާރިޤް އަލް ސައިލް ދިރިއުޅުނު އިމާރާތް ވެއްޓި އޭގެ ދަށުވެގެން އެނާގެ 6 ކުދިންގެ ތެރެއިން 2 ކުދިން ވަނީ ނިޔާވެފައެވެ. އަދި މިކާރިސާގައި އޭނާގެ އާއިލާގެ 70 މީހަކު ވަނީ ނިޔާވެފައެވެ.

"ހީވަނީ ހަށިގަނޑުގެ އެއްބައި ހަށިގަނޑާއި ވަކިވިހެން" ޠާރިޤް ބުނެފައިވެއެވެ.

އަހްމަދް ޠާރިޤް އަލް ސައިލް އޭނާގެ އަންހެން ދަރިޔަކާއި އެކު

ސީރިޔާގެ އަތާރިބް ގައި ދިރިއުޅޭ މަހްމޫދް ޢޮމަރް އަލް އޮރްމީ އަށް ވަނީ އޭނާގެ  ދެކުދިން ފިޔަވައި ދެން ތިބި ހުރިހާ ކުދިންނާއި މާބަނޑު ހާލުގައި ހުރި އޭނާގެ އަނބިމީހާވެސް  ގެއްލިފައެވެ.

"އަހަރެން އަހަރެންގެ އަނބިމީހާ ޢަދީލާ އަށް ބުނިން، (الله އޭނާގެ ފުރާނައަށް ރަޙްމަތް ލައްވާށި) އަހަރެން ބޭނުމޭ ބޭރުގަ އެވާ ކަމެއް ބަލާލަން" މަހްމޫދް ބިންހެލުން އައި ވަގުތު ކަންތައް ވީގޮތް ކިޔައިދެމުން ބުންޏެވެ.

އޭނާގެ އަންހެނުން ގާތު އެހެން ބުނުމަށް ފަހު އޭނާގެ 7 އަހަރުގެ ދަރިފުޅު އަހްމަދު އަތުގައި ހިފައިގެން އެމީހުންގެ ގޭގެ ދޮރާއި ހިސާބަށް އެރިވަގުތު  ގެ ވެއްޓިއްޖެއެވެ. އެއާއި އެކު އޭނާގެ ހަށިގަނޑުގެ އެއްބައި ވަޅުލެވުނު ކަމަށް އޭނާ ބުނެފައިވެއެވެ.

އެއާއިލާއިން އެންމެ ފުރަތަމަ ސަލާމަތްކުރެވުނީ 7 އަހަރުގެ އަހްމަދެވެ. ފާރުތަކުގެ ދަށުން މަހްމޫދު ނެރެވުނީ އޭގެ ބައިގަޑިއިރު ފަހުންނެވެ.

"އަހަރެންގެ ބޮލުންވެސް ލޭ އަންނަމުން ދިޔައީ، ފައިންވެސް ލޭތައް ފައިބާ އޭރު، އަހަންނަށް ހީވީ އަހަރެން މަރުވަނީއޭމި، ރެސްކިޔު ވޯކަރުން އަހަރެން އެތަނުން ނެގި ވަގުތު ހީވީ އަލުން އުފަންވީހެން" މަހްމޫދް ކިޔައިދިނެވެ.

މަހްމޫދް ޢޮމަރް އަލް އޮރްމީ އާއި އޭނާގެ ދަރިފުޅު އަހްމަދް

ސަލާމަތުން އެތަނުން ނުކުމެވުމުން ކުރެވުނު އުފާވެރި އިހްސާސް ގިނަ އިރަށް ދެމިގެނެއް ނުދިޔައެވެ. އޭނާގެ 5 ކުދިންނާއި އަނބިމީހާ އެތަނުން ނެރޭނެ ވަގުތަކަށް އޭނާ އިންތިޒާރު ކުރަމުން ދިޔައެވެ.

ބިންހެލުމަށް 8 ގަޑިއިރުވީފަހުން މަހްމޫދުގެ 2 އަހަރުގެ އަންހެން ދަރިފުޅު ޝަރީފާ ގާތަކުގެ ދަށުން ނެރެވުނެވެ. މޫނުގައި އެތައް ޒަހަމެއް ހުރި އިރު ޝަރީފާގެ ލޯ އޮތީ ދުޅަވެފައެވެ. ޝަރީފާ އޮތީ ލޯމެރިފައެވެ. އެކުއްޖާފުޅު އޮތީ މަރުވެފައެއް ނޫނެވެ.

އަނެއްދުވަހުގެ އިރު އޮއްސި އަނދިރި ވަންދެންވެސް މަހްމޫދް އޭނާގެ އާއިލާ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދުގައި އެތާ ހުއްޓެވެ. ނަމަވެސް ގައު ތަކުގެ ދަށުން ނެރެވުނީ 15 އަހަރުގެ ޢޮމަރް އާއި، 14 އަހަރުގެ ޝަހްބާން އާއި، 13 އަހަރުގެ އަންހެން ދަރިފުޅާއި 18 މަހުގެ އަންހެން ދަރިފުޅު އަދި މާބަނޑު ހާލަތުގައި ހުރި އޭނާގެ އަނބިމީހާގެ ފުރާނަނެތް ހަށިތަކެވެ.

"އަހަރެންގެ ގޭ ކައިރީގައި ހިނގާލުމުން އިހްސާސް ކުރެވެނީ އެކަނިވެރިކަމާއި ނުތަނަވަސްކަން، އަހަރެންގެ ކުދިންނާއި އަނބިމީހާގެ ގަބުރަށް އަހަރެން ކޮންމެ ދުވަހަކު އެބަ ޒިޔާރަތްކުރަން، ޖަވާބު ދޭތޯ އެމީހުންނަށް އަހަރެން ގޮވަން، ރޮއެފަ ގޮވާއިރުވެސް ޖަވާބެއްނުދޭ، މީ الله ގެ މިންވަރުފުޅު، އެކަން ޖެހޭނީ ޤަބޫލް ކުރަން" ރޮމުން މަހްމޫދް ވާހަކަ ދެއްކިއެވެ.

ތުރްކިޔޭ އާއި ސީރިޔާ އަށް ބިންހެލުން ތަކުގައި މަރުވި މީހުންގެ ޢަދަދު 46،000 މައްޗަށް ވަނީ އަރައިފައެވެ. އަދި ވީނުވީ އެއް ނޭނގިފައިވާ މީހުން ގިނަކަމުން އަދިވެސް މަރުވި މީހުންގެ ޢަދަދު ދާނީ މައްޗަށްކަމަށް ބެލެވޭ ކަމަށް ބައިނަލް އަޤްވާމީ މީޑީއާތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.