ބިންހެލުން އައި ވަގުތު ބިރުން ތިބި އާއިލާއެއް/ތުރްކިޔޭ
ހަބަރު
20 Feb 2023 | 23:29
ތުރްކިޔޭގެ ދެކުނަށް އަނެއްކާވެސް ބިންހެލުމެއް

6.4 މެގްނިޓިޔުޓްގެ ބާރުމިނުގައި ތުރްކިޔޭގެ ދެކުނަށް އަނެއްކާވެސް ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައި ސަރަހައްދަކީ ތުރްކިޔޭ އާއި ސީރިޔާ ގުޅޭ ބޯޑަރު ހިމެނޭ ސަރަހައްދެވެ. ޔޫރަޕިއަން މެޑިޓޭރިއަމް ސެސިމޮލޮޖިކަލް ސެންޓަރ އިން ބުނެފައިފައިވަނީ ތުރްކިޔޭގެ ހަޓޭޔާ ޕްރޮވިންސަށް އަސަރުކުރި މި ބިންހެލުން އައިސް ފައިވަނީ އެ ޕްރްވިންސްގެ ބިމުގެ އަޑިން 2ކިލޯމީޓަރުގެ އަޑިއަށް ކަމަށެވެ.

ބިންހެލުން އައިސްފައިވަނީ ޖީއެމްޓީ ގަޑިން 17:04 ގައެވެ. އަދި ބިންހެލުމުގެ އިހްސާސް އަންޓާކްޔާ އަދި އަދާނާ ޕްރޮވިންސްއިން ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އޭގެ ވަގުތު ކޮޅެއް ފަހުން 5.8 މެގްނިޓިޔުޓްގެ ބިންހެލުމެއްގެ އިހުސާސް ހަޓޭޔާ ޕްރޮވިންސްގެ ސަމަންދަގް ޑިސްޓްރިކް އިން  ވަނީ ކޮށްފައެވެ.

މަންޒަރު ދުށް މީހުން އަލްޖަޒީރާއަށް ބުނެފައިވަނީ ތުރްކިޔޭގެ ރެސްކިޔު ޓީމްތަކުން ވަނީ ހޭލަމޭލައަށް ދުވަން ފަށައިފައިކަމަށެވެ. މީހުން ތިބީ ހެޔޮ ހާލުގައި ތޯ ބެލުމަށް ރެސްކިޔު ވޯކަރުން ކޮޅު ކޮޅުމައްޗަށް ދުވެ ހެދިކަމަށް ބުނެފައިވެއެވެ.

އެހިސާބުގެ ރައްޔިތެއް ކަމަށްވާ މޮނާ އަލް އޮމަރް ބުނެފައިވަނީ އޭނާ އޭރު ހުރީ ވަގުތީ ހިޔާގެ ގޮތުގައި ހަދައިފައި ހުރި ޓެންޓް ތެރޭގައި ކަމަށެވެ.

"އަހަރެން ހީކުރީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެފަޅި ވަނީ ކަމަށް، އަދިވެސް އިތުރު ހެލުންތައް އަންނާނެތަ" 7 އަހަރުގެ ދަރިފުޅު އުނގުގައި ބަހައްޓައިގެން ރޮމުން މޮނާ ސުވާލުކުރިއެވެ.

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާއަށް އައި ބިންހެލުން ތަކުގައި 47،000 މީހުން ވަނީ މަރުވެފައެވެ. އަދި ވެސް އެކާރިސާގައި ގެއްލުނު މީހުން ހޯދައި ނުނިމެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.