ފްލޯޓިންގ ސިޓީގެ ފުރަތަމަ ގެތައް
ހަބަރު
21 Feb 2023 | 06:21
"ފްލޯޓިންގ ސިޓީ"ގެ ފުރަތަމަ ގެތައް ފަޅުގައި އަޅައިފި

ކ އާރަށް ކައިރީގައި ޤާއިމްކުރާ "ފްލޯޓިންގ ސިޓީ" ފުރަތަމަ ގެތައް ފަޅުގައި ބަހައްޓައިފިއެވެ.

މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ތަރައްޤީ ކުރާ 'ފްލޯޓިން ސިޓީ'ގެ މަސައްކަތަށް ގެ އަޅަން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބައިސަންއާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. އޭގެ ފަހުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ، އެތަނުގައި އަޅާ ގެތައް ދައްކާލައިފަ އެވެ. އެކަމަކު އޭރު އެ ގެތައް ބަހައްޓާފައި ހުރީ 'ފްލޯޓިން ސިޓީ' ޤާއިމުކުރުމަށް ހަމަޖެހިފައި އޮތް ފަޅުގައެއް ނޫނެވެ.

ބައިސަން ކުންފުނިން މިއަދު އާންމުކުރީ 'ފްލޯޓިން ސިޓީ'ގެ ފުރަތަމަ ގެތައް އެ ފަޅަށް ގެންގޮސް އެތަނުގައި ބަހައްޓާފައި ހުރި ފޮޓޯ ތަކެކެވެ. ދުރަށް ފެންނަ ކަހަލަ ކުލަތައް ލައިފައި ހުރި ދެ ގެއެއް ފަޅުތެރެއިން މިހާރު ފެނެ އެވެ. ދޮންވެލި 'މަގެއް'ގައި ހުންނަ ގެތައް ކައިރީ ދެ ރުއް ވެސް އިންދާފައި ހުއްޓެވެ.

ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސް އިން ތަރައްޤީކުރާ މި ފްލޯޓިން ސިޓީއާ ގުޅޭ ގޮތުން، އެ ކުންފުނީގެ ރާއްޖޭގެ ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަޝްރޫއު މިހާރު ހިންގަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އެކަމަށް ހުއްދަ ލިބި، މިދިޔަ އަހަރު އާ އެއްބަސްވުމެއްގައި ސޮއިކުރެވިފައި ވެއެވެ. އެއާ އެކު މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރިޔާޒް ދިނެވެ.

"ފްލޯޓިން ސިޓ" ގައި 5000 ހައުސިން ޔުނިޓާއި، 35 ލަގްޒަރީ ވިލާ، އަދި 9000-1500 އަކަފޫޓުގައި ދެބުރިއަށް ހަދާ ތިންކޮޓަރީގެ އެޕާޓްމެންޓުތަކެއް ހުންނާނެއެވެ. އެޕާޓްމެންޓެއްގެ އަގުތައް އުޅެނީ 2 މިލިއަނާއި 4 މިލިއަން ރުފިޔާގެ އަދަދެކެވެ. ފްލޯޓިން ސިޓީ ހަދާނީ ނެދަލެންޑްސްގައި ބޭނުންކުރާ ޓެކްނޮލޮޖީގެ އެހީގައެވެ.

ކޮމެންޓް
ރާބެ ޙަސަން
މިހާރު ފަޅުގައި އޮޑި ނިހިފެހެއްޓިގެން އުޅޭއިރު ތިތަން ހިފެހެްްޓޭނެބާއޭ ހިތައްއަރަނީ. ތީކީ ދެމެހެއްޓޭނެ ކަމެއްކަމަށް ނުފެނޭ
21 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.