ޢަދާލަތުން މިރޭ ބޭއްވި ކުއްލި ޖަލްސާ/ފޮޓޯ: ޢަދާލަތު
ހަބަރު
21 Feb 2023 | 01:36
ޢަދާލަތުން ރައީސް ޞާލިޙަށް ތާއީދު ކުރުމުގެ ކުރިން ދެޕާޓީ މަޝްވަރާ ކުރަނީ

ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙް އަށް ތާއީދު ކުރުމުގެ ކުރިން މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޢަދާލަތު ޕާޓީ އާއި ދެޕާޓީއިން މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ޢަދާލަތު ޕާޓީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް އެޕާޓީއިން ސިޓީ އަކުން އެދިފައިވާތީ، މިހިނގާ ރިޔާސީ ދައުރުގައި ވޭތުވެދިޔަ ދައުރުތަކާއި އަޅާބަލާއިރު ސަރުކާރުގައި ކުރެވުނު ފަހި ތަޖުރިބާއަށް ރިޢާޔަތްކޮށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ޢަދާލަތު ޕާޓީގެ ތާއީދު ދިނުމުގެ ކުރިން އެޕާޓީއާއި މަޝްވަރާ ކުރުމަށް ރޭ ބޭއްވުނު ޢަދާލަތު ޕާޓީގެ ކުއްލި ބައްދަލުވުމަކުން ނިންމައިފައިވާކަމަށެވެ.

ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ފެށުމަށް އެންމެ ފުރަތަމަ ބޭއްވުނު އިންތިޚާބުގައި ޢަދާލަތުން ފުރަތަމަ ނުކުތީ އެކަންޏެވެ. ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީ، ޖޭޕީ އަދި ޢަދާލަތުން ކޯލިޝަން ހަދައި ވެރިކަން ކާމިޔާބު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ވެރިކަމަށް މާގިނަ ދުވަސްތަކެއް ނުވެ ފެނިގެންދިޔައީ ކޯލިޝަން ރޫޅި އެމްޑީޕީ އިން އެކަނި ވެރިކަން ކުރަން ފެށީތަނެވެ. އެއާއި އެކު މާގިނަ ދުވަސްތަކެއް ނުވެ މަގުމަތީގައި ކުރެވުނު ވަރުގަދަ މުޒާހަރާ ތަކަށް ފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއެވެ.

އެއަށް ފަހު ރާއްޖޭގެ ވެރިކަން ކުރެއްވީ އޭރު އިންތިޚާބު ވެފައި ހުންނެވި ނައިބު ރައީސް ޑރ ވަހީދެވެ.

އެއާއި ޖެހިގެން އައި އިންތިޚާބުގައި ވެސް ޕީޕީއެމް، ޖޭޕީ،  ޢަދާލަތު އަދި އެމްޑީއޭ ފަދަ ޕާޓީތައް އެކުވެ ކޯލިޝަން ހަދައިގެން ވެރިކަން ކާމިޔާބު ކުރިއެވެ. އެސަރުކާރަށް ފެށުނުތާ މާގިނަ ދުވަސް ތަކެއް ނުވެ ކޯލިޝަން ރޫޅި ކޯލިޝަންގެ ބައިވެރިން ޖަލަށް ލެވުނުމަންޒަރުވެސް ފެނިގެންދިޔައެވެ. އޭގެ ތެރޭގައި ޢަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވެސް ހިމެނެއެވެ.

އެންމެ ފަހުން ރާއްޖޭގައި ބޭއްވުނު އިންތިޚާބުވެސް ކާމިޔާބު ކުރީ ކޯލިޝަނާއި އެކު އެވެ. އަދި ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ދައުރު ނިމުމާއި ހަމައަށް އައިރު އެތެރެއިން ކޮންމެ ގޮތަކަށް އޮތަސް ކެބިނެޓް އަދިވެސް އޮތީ ކޯލިޝަންގެ މަތީގައި ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.