ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރަސްމީކޮށް ޓިކެޓު ހަވާލުކުރައްވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
21 Feb 2023 | 18:15
އެމްޑީޕީ ޕްރައިމަރީ ބާތިލްކޮށް އަލުން ބާއްވަން ހުށައެޅި މައްސަލަ ބަލައިގެންފި

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުކަމަށް ކަނޑައަޅާ، ރަސްމީކޮށް އެމަނިކުފާނަށް ރިޔާސީ ޓިކެޓު އެރުވިފަހުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވަން ހުށައެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ. 

ޕްރައިމަރީ އާއި ގުޅޭގޮތުން ސިވިލް ކޯޓަށް ތހުށައަޅާފައިވާ ތިން މައްސަލައިގެ ތެރެއިން ސިވިލް ކޯޓުން ބަލައިގަނެފައިވަނީ އަލީ އަމްޖަދު ކިިޔާ މީހަކު ހުށަހެޅި މައްސަލަ އެވެ. އެ މައްސަލަ ބަލައިގެންފައިވާކަން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އެމްޑީީޕީގެ ޕްރައިމަރީ އަލުން ބާއްވާދިނުމަށް އެދި ސވިލް ކޯޓަށް ހުށައެޅި މައްސަލައިގައި ވަނީ އެ ޕްރައިމަރީ ބާތިލުކުރަން އެދުނީ އެ އިންތިހާބު ބާއްވާފައިވަނީ ޕާޓީން ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ބުނެފައެވެ. 

އެގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރުމަކީ ޕާޓީން އަޅާ ފިޔަވަޅެއްކަމަށްވާއިރު، ގައުމީ މަޖިލީހުން ނިންމައިގެން 39،000 މެންބަރުން ވަކިކޮށްފައިވަނީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތުތަކާ ހިލާފަށްކަން ފާހަގަކޮށްފައި ވެއެވެ. 

އިންތިހާބު ބާއްވާފައިވަނީ ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމުގައިވާތީ އެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް މައްސަލަ ހުށައެޅި ފަރާތުން ވަނީ އެދިފައެވެ. 

އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީގެ ދެ ރައީސުން ވާދަކުރައްވާފައިވާއިރު، ފޯރިގަދަ ކެމްޕޭނަކަށްފަހު ތަފާތު ބޮޑުކޮށް ރައީސް ޞާލިހުވަނީ އިންތިޚާބު ކާމިޔާބުކުރައްވާފަ އެވެ. އެ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓުލީ މީހުންގެ 61 އިންސައްތަ ލިބިލެއްވިއިރު، އިންތިޚާބުގައި އެމަނިކުފާނާއި ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިލެއްވީ ވޯޓުލީ މީހުންގެ 39 އިންސައްތައެވެ. 

އެ އިންތިޚާބަށްފަހު ނަޝީދު ގެންދަވަނީ ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް ރަޖިސްޓްރީކޮށް، އެމަނިކުފާނަށް އޮތް ތާއީދު އިތުރުކުރުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް