ޕާކިސްތާނުގެ ވަފްދު ކާބުލްގައި ބާއްވާ މަޝްވަރާ ތަކަށް ވަޑައިގެން
ހަބަރު
22 Feb 2023 | 16:42
މަޝްވަރާ ތަކަށް ޕާކިސްޠާނުގެ ވަފުދު ކާބުލް އަށް

ޕާކިސްތާނާއި އަފްޣާނިސްޠާނާއި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އުފެދިފައި ހުރި ނުތަނަސްވުން ތަކާއި މެދު މަޝްވަރާ ކުރުމަސް ޕާކިސްތާނުގެ ވަފުދެއް އަފްޣާނިސްތާނުގެ ކާބުލް އަށް ހިނގައްޖެއެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފް ލީޑް ކުރައްވާ މި ވަފުދުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ދެގައުމުގެ ސެކިޔުރިޓީގެ މައްސަލަތަކާއި، ކައުންޓަރ ޓެރަރިޒަމް އާއި ގުޅޭ މައްސަލަތަކާއި މެދު މަޝްވަރާ ކުރައްވާނެ ކަމަށް ޕާކިސްތާނުގެ ފޮރިންގ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ލީޑް ކުރައްވާ މި ވަފުދުން މިހާރު ވަނީ އަފްޣާނިސްތާނުގެ އިކޮނޮމިކް މިނިސްޓަރ މުއްލާ އަބްދުލްޣަނީ ބަރާދަރް އާއި ބައްދަލުކުރައްވާފައެވެ.

މިއީ ފާއިތުވި އަހަރުގެ ނޮވެމްބަރ މަހު ދެޤައުމުގެ އިސްވެރިން ގެ މެދުގައި ބޭއްވުނު މަޝްވަރާ ތަކަށްފަހު ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ.

އަފްޣާނިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ ވިޔަފާރީގެ ކަންކަމުގައި ގުޅުން ބަދަހި ކުރުމާއި، ދެގައުމުގެ ދެމެދުގައި ވާ ގުޅުމާއި  ދެޤައުމު ހިއްސާވާ އެކިއެކި ކަންކަމާއި މއދު މަޝްވަރާ ކުރެވުނު ކަމަށެވެ.

"ޕާކިސްތާނާއި އަފްޣާނިސްތާނަކީ އަވައްޓެރި ދެގައުމު، އެހެންވީމަ އެއްބައިވަންތަކަން އޮންނަންވާނެ، އަފްޣާނިސްތާނުގެ ދައުލަތުން ޕާކިސްތާނާއި އެކުވެސް، ޙާއްސަ އިސްކަމެއް ދޭނެ ވިޔަފާރި އާއި އިޤްތިސާދާއި ގުޅުންހުރި ކަންކަން ތަރައްޤީކުރަން، ދެޤައުމަށް ވެސް އެކަންކަމުން ފައިދާ ވާނެ ކަންކަން ކުރަން" އަފްޣާނިސްތާނުގެ އިކޮނޮމިކް މިނިސްޓަރ ބައްދަލު ކުރެއްވުމަށް ފަހު ވިދާޅުވެފައިވެއެވެ.

ޠާލިބާނުންގެ ލީޑާރ ވިދާޅުވެފައިވަނީ ދެގައުމުގެ ދެމެދުގައި އޮތް ސެކިޔުރިޓީ މައްސަލަ ތަކާއި ސިޔާސީ މައްސަލަ ސަބަބުން އިޤްތިސާދީ ކަންކަމަށް ބުރުއަރައިގެން ނުވާނެ ކަމަށެވެ. އަދި ޕާކިސްތާނުގެ ޑިޓެންޝަން ސެންޓަރު ތަކުގައި ހިފެހެއްޓިފައި ތިބި އަފްޣާން ރައްޔިތުން ދޫކޮށްލުމަށްވެސް އޭނާ ވަނީ ގޮވާލައިފައެވެ.

އަދި ދާދިފަހުން ފަހުން ބަންދުކުރި ތޮރްޚަމް ބޯޑަރު ހުރަސްކުރަން ޖެހޭ އެމެޖެންސީ ހާލަތުގައި ތިބޭ ޕޭޝަންޓުންނަށް ޓަކައި ޚާއްސަ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް މުއްލާ އަބްދުލްޣަނީ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.