ޝަހީދުވި މީހުންގެ ހަށިތައް އުފުލަނީ
ހަބަރު
22 Feb 2023 | 17:54
ފަލަސްޠީނުގެ ހަ މީހަކު ޝަހީދު ކޮށްލައިފި

އިޒްރާއިލްގެ ހައްދު ފަހަނައެޅި ޔަހޫދީ ސިފައިން ފަލަސްޠީނުގެ ނާބުލްސްގައި ހިންގި މިލިޓަރީ ރެއިޑެއްގައި ފަލަސްޠީނުގެ ހަ މީހަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ނާބުލްސްގައި އިޒްރާއިލްގެ ސިފައިން ހިންގި މިލިޓަރީ ރެއިޑްގައި ފަލަސްޠީނުގެ 6 މީހަކު ޝަހީދު ކޮށްލައިފައި ވާކަމަށާއި، އެތައް ބަޔަކު ޒަހަމް ވެފައިވާކަމަށެވެ.

މި ހާދިސާގައި ގާތް ގަނޑަކަށް 50 ހަކަށް މީހުން ޒަހަމްވިކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީ އިން ލަފާކޮށްފައިވެއެވެ.

ހެލްތް މިނިސްޓްރީ ހާމަކޮށްފައިވާގޮތުން ޝަހީދު ވެފައިވަނީ 72 އަހަރުގެ އަދްނާން ސާބެ ބައްރާ، 25 އަހަރުގެ މުހައްމަދް ޚާލިދް އަންބޫސީ، 33 އަހަރުގެ ތާމިރް މިނާވީ، 26 އަހަރުގެ މުސްޢަބް އުވައިސް، 24 އަހަރުގެ ހޮސާމް އިސްލީމް އަދި 23 އަހަރުގެ މުހައްމަދް އަބޫބަކުރެވެ.

އިޒްރާއިލްގެ ސިފައިން ހަތިޔާރާއި އެކު ހުރި ވެހިކަލްތަކާއި އެކު ރެއިޑުގެ ނަމުގައި ނާބުލްސް އަށް ވަދެގަތުމާއި އެކު ހަމަލާބަދަލުކުރުންތައް ފެށިގެންދިޔައެވެ.

އިޒްރާއިލްގެ ސިފައިން ވެހިކަލްތައް ބޭނުންކޮށް ނާބުލްސް އަށް ވެދެ ނުކުމެވެން އޮތް މަގުތައް ބަންދުކޮށް ހަނގުރާމަވެރިއެއްކަމަށް އެމީހުން ބުނާ ހޮސާމް އިސްލީމް ހޯދުމަށް ކަމަށް ބުނެ އޭނާ ދިރިއުޅޭ ގެ ވަށައިލައިފައިވެއެވެ.

މިއަހަރުގެ މިހާތަނަށް އިޒްރާއިލްގެ ސިފައިން ފަލަސްޠީނުގެ 57 މީހަކު ޝަހީދު ކޮށްލައިފައިވެއެވެ. އޭގެ ތެރޭގައި 12 ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. އިޒްރާއިލް ސިފައިން ހިންގާ ރެއިޑް ތަކުގައި އެމީހުންނާއި ކުރިމަތިލާ ހަތިޔާރު ނެތް ޢާންމުންނާއި، ކުރިމަތިލުމެއްނެތި އެތަނެއްގައި ތިބޭ މީހުންނާއި ހަނގުރާމަ ވެރިންކަމަށް އިޒްރާއިލުން ބުނާ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.