ޒަހަމްވި މީހުންނާއި ޝަހީދުވި މީހުން ހޮސްޕިޓަލް ތަކަށް ގެންދަނީ
ހަބަރު
23 Feb 2023 | 08:27
ނާބުލްސް ރެއިޑްގައި ޝަހީދުވި މީހުންގެ ޢަދަދު 10 އަކަށް

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ނާބުލްސް ގައި އިޒްރާއިލްގެ ހައްދު ފަހަނަ އެޅި ޔަހޫދީ ސިފައިން ހިންގި މިލިޓަރީ ރެއިޑްގައި ޝަހީދުވި މީހުންގެ ޢަދަދު 10 އަކަށް އަރައިފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ރޭގެ ރެއިޑުގައި ބަޑިން ހަމަލާ ދިނުމުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު މިހާރު ވަނީ 10 އަކަށް އަރައިފިއެވެ. 102 މީހަކު ޒަހަމް ވެފައިވާ ކަމަށްވެސް އެމިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ. 82 މީހަކަށް ސީދާ އަމާޒުކޮށް ބަޑިޖަހައި ޒަހަމް ވެފައި ވާކަމަށާއި 6 މީހެއްގެ ހާލަތު ވަރަށް ދެރަ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ.

އިޒްރާއިލްގެ ސިފައިން ހަތިޔާރާއި އެކު ހުރި ވެހިކަލްތަކާއި އެކު ރެއިޑުގެ ނަމުގައި ނާބުލްސް އަށް ވަދެގަތުމާއި އެކު ހަމަލާބަދަލުކުރުންތައް ފެށިގެންދިޔައެވެ.

އިޒްރާއިލްގެ ސިފައިން ވެހިކަލްތައް ބޭނުންކޮށް ނާބުލްސް އަށް ވެދެ ނުކުމެވެން އޮތް މަގުތައް ބަންދުކޮށް ހަނގުރާމަވެރިއެއްކަމަށް އެމީހުން ބުނާ ހޮސާމް އިސްލީމް  އާއި މުހައްމަދް އަބްދުލްޣަނީ ހޯދުމަށް ކަމަށް ބުނެ އެހިސާބުގެ ގެއެއް ގެ ވަށައިލައިފައިވެއެވެ.

ނާބުލްސްގައި ހުރެ ރިޕޯޓް ކުރި ނިދާ އިބްރާހިމް ބުނެފައިވަނީ އިޒްރާއިލް ސިފައިން އެއެއް މިއެއް ބެލުމެއް ނެތި ބަޑީގެ ހަމަލާތައް ދެމުންދިޔަ ކަމަށް މަންޒަރުދުށް މީހަކު ބުނިކަމަށެވެ.

"އިޒްރާއިލް ސިފައިން އެގޭގެ އަވައްޓެރިންގެ ގަޔަށް ބަޑިޖެހި ވާހަކަ، ގޭގޭގެ ތެރެއަށް ވަދެ ގޭގެ އެތެރޭގައި ތިބި މީހުންގެ ގަޔަށް ބަޑިޖެހި ވާހަކަ، ބައެއް މީހުން މަސައްކަތު ދަނިކޮށް ބަޑިޖެހި ވާހަކަ އަހަރެމެންނަށް އެބަ އިވޭ، ފަލަސްޠީނުގެ ރައްޔިތުން ބުނަނީ އިޒްރާއިލް ސިފައިން އެހެން ކަންތައްކުރަނީ އެމީހުންނަށް އެކަން މަނާ ކުރާނެ ބަޔަކު ނެތީމަ ކަމަށް، އެމީހުންގެ އަތްތައް ފަލަސްތީނުގެ ރައްޔިތުން މެރުމަށް މިނިވަން ކަމާއި އެކު ދޫކޮށްލެވިފައިވާކަމަށް" ނިދާ ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.