އެމްޑީޕީން އެމްޑީއޭއާއި ބައްދަލު ކުރުން: ފޮޓޯ/ އެމްޑީއޭ
ހަބަރު
23 Feb 2023 | 14:53
އެމްޑީޕީން އެމްޑީއޭ އާއި އެކު ކޯލިޝަން ހަދަން މަޝްވަރާ ކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން، އެމްޑީއޭ އާއި އެކު ކޯލިޝަން ހަދަން މަޝްވަރާ ކޮށްފިއެވެ. 

އެމްޑީޕީ އާއި އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ފޮޓޯ އާއްމު ކުރައްވައި އެމްޑީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމާއި މެދު މަޝްވަރާތަށް ކުރެވިފައިވާ ކަމަށާ، އެ ބައްދަލުވުމުގެ ތެރެއިން އެ ޕާޓީން ހުށަހަޅާ ހުށަހެޅުންތަކާއި، އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ. 

މި ބައްދަލުމުގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް އާއި، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. 

އަދި އެމްޑީއޭގެ ފަރާތުން އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމް (ސަން ސިޔާމް) އާއި ނާއިބު ރައީސް އަލީ މައުރޫފްގެ އިތުރުން ޕާޓީގެ އެހެނިހެން އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. 

އެމްޑީޕީން އެމްޑީއޭ އާއި ބައްދަލު ކޮށްފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވެސް ވަނީ އެމްޑީއޭ އާއި އެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. 

އެކަމާއި ގުޅިގެން ލީޑަރުން، އެމްޑީއޭއާއި އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ހަވީރު 5:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.  

ކޯލިޝަން ހެދުމަށް ޝައުގުވެރިވާ ހުރިހާ ޕާޓީތަކަށް ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އޮތް ކަމަށް އެމްޑީއޭއިން ވަނީ ބުނެފައެވެ.  

ކޮމެންޓް
އެސްއެސް
ސަރުތަކީ ހިލްޓަން އަށް ދޭން ޖެހޭ 24 މިލިއަން ދައްކާ ޙަލާސްކޮށްދިނުން ، ވަރަށް ސާފު
23 Feb 2023
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.