އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުން ކުރިއަށް ދަނީ. ފޮޓޯ:އައިއޭސީ
ހަބަރު
23 Feb 2023 | 21:47
ޙާލުގައި ޖެހިފައިތިބި 120 ޢާއިލާއަކަށް ކާބޯތަކެތި ފޯރުކޮށްދެވިއްޖެ: އައިއޭސީ

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުން ތަކުގައި ބޯހިޔަވަހިކަން ގެއްލި އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި 120 އާއިލާއަކަށް ދިވެހިންގެ އެހީ ތެރިކަމާއި އެކު ކާބޯތަކެތި ފޯރު ކޮށްދެވިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ބުނެފިއެވެ.

ބިންހެލުން ތަކުގެ ސަބަބުން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ކާބޯތަކެތީގެ ޕެކޭޖްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މާދަމާވެސް ކުރިއަށް ދާނެ ކަމަށް އައިއޭސީ އިން ވަނީ ބުނެފަ އެވެ. ބިންހެލުން ތަކުގެ ސަބަބުން މިހާތަނަށް 7.1 މިލިއަން ކުޑަކުދިން ހާލުގައި ޖެހިފައިވާކަމަށްވެސް އެ ކެމްޕޭނުން ވަނީ ބުނެފައެވެ.

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުން ތަކުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ފަންޑު ހޯދުމަށް "އެއްއުންމަތެކޭމީ" މިނަމުގައި މިހާރުވެސް ރާއްޖޭގައި ކެމްޕޭނެއް ދަނީ ހިންގަމުންނެވެ.

މިދިޔަ ހުކުރު ދުވަހު މިކެމްޕޭނުގެ ދަށުން ބެހެއްޓި ފަންޑު ފޮށިތަކާއި ބޭންކް ޓްރާންސްފަރ އިން އެއް މިލިއަން ރުފިޔަ އެދުވަހު އެކަނި ވަނީ ޖަމާކޮށްފައެވެ.

މި ކެމްޕޭނަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައެއް މަދަނީ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މިކަމުގައި ބައިވެރިވަނީ ދީނީ ޢިލްމުވެރިން، އައިއީސީސީ، މަހަލްދީބް ފައުންޑޭޝަން، އައިއޭސީ، ފަތިސް ލީގް، ޚިދްމަތް ޖަމިއްޔާ، ނަސީހާ، އަލް ޤަލަމް، ޔޫއައިއެސް، ދަރުމަ ފައުންޑޭޝަން، ޒާދުލް ޚައިރް، މަރސިފުލް ސޮސައިޓީ އަދި އެސްއެމްޑީ މާފަރު ޖަމިއްޔާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.