ދީން
24 Feb 2023 | 12:40
ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވުމުން ގެއްލުންވަނީ ހަމައެކަނި ތިމާއަކަށް ނޫން: ޚުތުބާ

ވިސްނާނުލައި ގަވާއިދާ ޚިލާފަށް ސައިކަލާއި ކާރު ދުއްވުމުގެ ސަބަބުން އޭގެ ގެއްލުމާއި ހަލާކު ކުރިމަތިވަނީ ހަމައެކަނި އެ ދުއްވާ މީހާއަށް ނޫން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ނަފްސު ރައްކާތެރިކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ މިއަދުގެ ޚުތުބާގައި ވަނީ އިހްސާން ތެރިއަކަށް ވުމަށް އެންމެނަށް ނަސޭހަތްތެރިވެފައެވެ. އަދި އިހްސާންތެރިކަމުގެ ތެރޭގައި ތިމާގެ އަމިއްލަ ނަފްސާއި އެހެން މީހުންގެ ނަފްސުތައް ރައްކާތެރިކުރުމާއި ނުރައްކަލަށް ހުށަނޭޅުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

"މަގުމަތީގައި ދުއްވަން ކަނޑައެޅިފައިވާ ބާރު މިނާއި ޚިލާފަށް އެއްގަމު އުޅަނދު ދުއްވުމާއި، ކަނޑުމަތީގައި ދުއްވާ އުޅަނދު ދުއްވުމަކީ ނަފްސު ހަލާކަށް އެއްލައިލުމެކެވެ. މަގުމަތީގައި ނުވަތަ ކަނޑުމަތީގައި އެކަކު އަނެކަކާއި ވާދަކޮށް ރޭސް ޖެހުމަކީ ނަފްސު ހަލާކުގެ ތެރެއަށް ހުށަހެޅުމެކެވެ. ވަރުބަލިވެ ނިދިއައިސް ތާއްޔާ ޖެހެމުންދާ ހިނދު، ނުވަތަ ތިމާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި މަގުމަށްޗަށް ނުކުމެ އުޅުމަކީވެސް ނަފްސު ހަލާކުގެ ތެރެއަށް އެއްލައިލުމެކެވެ."

"ފޯނާއި ކުޅެމުން އުޅަނދު ދުއްވަނިކޮށް އެކްސިޑެންޓްވަނީ ކިހާވަރަކަށް ހެއްޔެވެ؟ މަގުމަތި އޮތީ ހުސްކޮށް ކަމަށް ހީކޮށް، ހިސާބަށްވުރެ ބާރަށް ދުއްވަނިކޮށް ނުރައްކާތެރި ހާދިސާތައް ހިނގާފައި ހުރީ ކިތައްފަހަރު ހެއްޔެވެ؟" ޚުތުބާގައި ސުވާލު ކޮށްފައިވެއެވެ.  

މިއާއެކު ޚުތުބާގައި ވަނީ، އެފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެތައް މަޔަކު ކަރުނަ އަޅައި އެތައް ދަރިން ޔަތީމް ވެ އަނބިން ހުވަފަތް ވެގެންދާކަމަށް ބުނެފައެވެ. އަދި އެފަދަ ހާދިސާ ތަކުގައި އަނިޔާވެ ގެއްލުންވަނީ ގިނައިން ޒުވާނުން ކަމަށްވާއިރު، އޭގެ ސަބަބުން އެ ގެއްލިގެންދަނީ އުފެއްދުންތެރިކަމާއި ހަކަތައަށް ގައުމު އެދިއެދި ތިބި ބައެއް ކަމަށްވެސް ބުނެފައިވެއެވެ. 

އަދި މީގެ އިތުރުން، ގަވާއިދާއި ޚިލާފަށް ސައިކަލާއި ކާރު ދުއްވުމުގެ ސަބަބުން އޭގެ ގެއްލުމާއި ހަލާކު ކުރިމަތިވަނީ ހަމައެކަނި އެ ދުއްވާ މީހާއަށް ނޫން ކަން ފާހަގަކޮށް ޚުތުބާގައި ވަނީ އޭގެ ސަބަބުން، ބައެއް ފަހަރު މުޅި އާއިލާ ނެތި ފަނާވެގެންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ބައެއް ފަހަރު ގަވާއިދާއި އެއްގޮތަށް މަގު ހުރަސްކުރަމުންދާ، އެއްވެސް ކުށެއް ނެތް މީހާއަށްވެސް ގެއްލުންވާ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

އެހެންކަމުން، އޭގެ ސަބަބުން އެ ގެއްލުން ދެވުނީ އެތައް ބަޔަކަށް ކަމަށާ، މުސްލިމުންނަކީ އެހެން މީހުންނަށް ގެއްލުންދޭ ބައެއް ނޫން ކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.