ވެއްޓުނު ޢިމާރާތެއްގެ ދަށުން މަރުވެފައިއޮތް މީހަކު ނެރެގެން ގެންދަނީ/ ތުރްކިޔެ
ދުނިޔެ
25 Feb 2023 | 11:44
ތުރްކިޔޭ ސީރިޔާ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 50،000 އަރައިފި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާއަށް އައި ބިންހެލުން ތަކުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 50.000 އަށް އަރައިފިއެވެ.

ތުރްކިޔޭއިން ބިންހެލުންތަކުގެ އަސަރުކޮށް އިމާރާތްތައް ވެއްޓުނު ޕްރޮވިންސް ތަކުގައި 24،000 ރެސްކިޔު ވޯކަރުން އަދިވެސް ދަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ، ނަމަވެސް ދިރިހުރި މީހެއްގެ އަސަރެއް ނުފެންނަތާ މިހާރު ވަރަށް ގިނަ ވަގުތު ފާއިތުވެގެން ގޮސްފައިވެއެވެ.

ތުރްކިޔޭގެ ޑިޒާސްޓާސް މެނޭޖްމަންޓުން އެންމެ ފަހުން އިއުލާނު ކޮށްފައިވާގޮތުން އެ ގައުމުން 44،218 މީހުން މަރުވެފައިވެއެވެ. ސީރިޔާއިން އެންމެ ފަހުން ދިން އަދާހަމައިގައި ވާގޮތުން އެޤައުމުން މަރުވެފައިވަނީ 5،914 މީހުންނެވެ.

ފެބްރުއަރީ 6 ވަނަ ދުވަހު 7.6 މެގްނެޓިޔުޑް ގައި އައި ބިންހެލުމުގެ ފަހުން ގާތް ގަނޑަކަށް 9000 އެއްހާ "އާފްޓަރޝޮކް" ބިންހެލުން އައި ސަރަހައްދު ތަކަށް އައިސްފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ވޮލެންޓިއަރުން ހިމެނޭހެން 24،000 ރެސްކިޔު ވޯކަރުން 11 ޕްރޮވިންސެއްގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. ފުރަތަމަ މަސައްކަތް ފެށިއިރު ގިނަ ސަރައްދުތަކަށް ވަދެ ނުކުންނަށް އުނދަގޫ ވެފައި ވީނަމަވެސް މިހާރު އިމާރާތް ތަކުގެ ގާތަކާއި ފާރުތައް އެއްފަރާތް ކޮށް ސާފު ކުރެވެމުން ދިޔުމުގެ ސަބަބުން އެކަމަށް ވަނީ ފަސޭހަ ކަމެއް ލިބިފައެވެ.

530،000 މީހުން ވަނީ ހަމައެކަނި ތުރްކިޔޭގެ ބިންހެލުން އައި ސަރަހައްދުތަކުން، އެމީހުން ދިރިއުޅުނު ތަންތަނުން ނިކުންނަން ޖެހިފައިވަކަމަށް ތުރްކިޔެގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން 173،000 އިމާރާތެއް ރެނދުލައި އަދި އެހެނިހެން ގެއްލުން ތައް ލިބިފައި އެބަހުރިކަމަށް ވެސް ބުނެފައިވެއެވެ. އަދި މީގެ އިތުރުން 1.9 މިލިއަން މީހުން ވަގުތީ ހިޔާތަކާއި ހޮޓެލް ތަކާއި ބައެއް ޕަބްލިކް ފެސިލިޓީސް ތަކުގައި މިވަގުތު ދިރިއުޅެމުން ދާކަމަށް ވެސް ބުނެފައިވެއެވެ.

ތުރްކިޔޭ އިން 20 މިލިއަން އެއްހާ މީހުންނަށް ބިންހެލުމުގެ އަސަރު އެކި މިންވަރަށް ކޮށްފައިވާއިރު ސީރިޔާގެ 8.8 މިލިއަން މީހުންނަށް މިކާރިސާގެ އަސަރު ކޮށްފައިވާނެ ކަމަށް ޔޫއެން އިން ވަނީ ލަފާކޮށްފައެވެ. އެތައް އަހަރެއްގެ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައި އޮތް ސީރިޔާއިން މައުލޫމާތު ކަށަވަރުކުރުންވެސް ވަނީ  ދަތިވެފައެވެ.

ބިންހެލުން ތަކުގެ އަސަރުކުރި ތުރްކިޔޭގެ ދެކުނުގައި ދިރިއުޅެމުންދިޔަ ސީރިޔާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެތަންދޫކޮށް ގޮސްފައެވެ. އެއްބަޔަކު ޓެންޓު ތަކުގައި، އަނެއް ބަޔަކު ކޮންޓެއިނަރ ހައުސް ތަކުގައި އަދި އަނެއްބަޔަކު ސަރުކާރުން ސްޕޮންސަރ ކޮށްފައި ހުރި އެކަމޮޑޭޝަން ތަކުގައި އުޅެމުން އެބަދެއެވެ. ބިންހެލުމުގެ އަސަރުކޮށް ގެދޮރު ގެއްލުމުން ސީރިޔާގެ ބައެއް މީހުން އެނބުރި ސީރިޔާއަށް ވެސް ގޮސްފައިވެއެވެ.

ތުރްކިޔޭގެ ރައީސް ރަޖަބް ޠޮއްޔިބް އުރްދުޣާން ވިދާޅުވެފައިވަނީ އަހަރެއްހާ ދުވަސް ތެރޭގައި ހަލާކުވި އިމާރާތްތަކުގެ ބަދަލުގައި އައު އިމާރާތް ތަކެއް އަޅުއްވައި ދެއްވާނެ ކަމަށެވެ. އުރްދުޣާން ގެ މި ބަސްފުޅާއު މެދު ކަމުގެ ތަޖުރިބާ ކާރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި އަވަސް އަރުވައި ގަތުމަށްވުރެ އިމާރާތް އަޅާ ބިމަކީ ރައްކާތެރި ތަނެއްތޯ ބެލުމަށް ވަނީ ގޮވާލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.