ތުރްކިޔޭ ސީރިޔާ އަށް އެހީވުމަށް ކުރިއަށް ގެންދާ "އެއްއުންމަތެކޭ މީ" ކެމްޕެއިން
ހަބަރު
25 Feb 2023 | 21:33
"އެއް އުންމަތެކޭމީ" ފަންޑުގެ ތަފްސީލް ހާމަކޮށްފި

"އެއްއުންމަތެކޭމީ" ނަމުގައި ތުރްކިޔޭ ސީރިޔާ އަށް އެހީވުމަށް ހުޅުވާލި ކެމްޕެއިންގެ ތެރެއިން ފެބްރުއަރީ 17 ވަނަ ދުވަހު ބެހެއްޓުނު ފަންޑު ފޮށިތަކަށާއި އޮންލައިންކޮށް ލިބުނު ފައިސާގެ ތަފްސީލް ހާމަކޮށްފިއެވެ.

މިޙަރަކާތަކީ ދީނީ ޢިލްމުވެރިންނާއި އަދި އެނޫންވެސް މަދަނީ ޖަމްޢިއްޔާތަކާއި އިތުރު އެހެން ފަރާތްތަކާއިވެސް ގުޅިގެން، އެންމެންގެ ހިއްސާވުމާއިއެކީ ފަތިސް ލީގުން އިސްނަގައިގެން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ޙަރަކާތެކެވެ. މިޙަރަކާތުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވަނީ ދީނީ ޢިލްމުވެރިންގެ އިތުރަށް، ފަތިސް ލީގު، މަހަލްދީބް ފައުންޑޭޝަން، އައިއޯސީސީ، ދަރުމަ ފައުންޑޭޝަން، ޒާދުލް ޚައިރް، ޚިދުމަތް، އަލް ހިޖްރަ، ޢަރަބިއްޔާ ޕީޓީއޭ، ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސް އަދި ތ.މަޑިފުއްޓާއި ކ.ގުރައިދޫގެ ޒުވާނުންނެވެ.

މިފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގ (އައިއޭސީ) އާއި ހަވާލުކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިކަމުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާތްތަކުންވަނީ މިހުރިހާ ފައިސާއެއް މިހާރު އައިއޭސީއާއި ހަވާލުކުރެވިފައިވާކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އައިއޭސީގެ ފަރާތުންވެސް އެރަސްމިއްޔާތުގައި މިފައިސާ އެކީގައި ލިބިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ޖުމްލަ ލިބުނު ފައިސާކަމަށް އެދުވަހު އިޢުލާނު ކުރެވުނީ 1،147،356.28 ރުފިޔާކަމަށް ވީނަމަވެސް، މިޙަރަކާތަށްވަނީ އެޔަށްވުރެވެސް ގިނައިން ފައިސާ ލިބިފައެވެ.

17 ފެބްރުއަރީ 2023 ގައި ހިންގުނު ފަންޑު ހޯދުމުގެ ހަރަކާތުގައި ލިބިފައިވާ ފައިސާގެ ތަފްސީލް:

ޖުމްލަ ލިބުނު ފައިސާގެ ޢަދަދަކީ: 1،239،287.41 ރުފިޔާ

މާލޭގެ މިސްކިތްތަކުން ލިބުނު ޖުމްލަ: 474،460.50 ރުފިޔާ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މިސްކިތްތަކުން ލިބުނު ޖުމްލަ: 120،899.21 ރުފިޔާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތްތަކުން ލިބުނު ޖުމްލަ: 24،717.00 ރުފިޔާ

ވިލިމާލޭގެ މިސްކިތްތަކުން ލިބުނު ޖުމްލަ: 30،302.25 ރުފިޔާ

ހުޅުލޭގެ މިސްކިތްތަކުން ލިބުނު ޖުމްލަ: 2،180.00 ރުފިޔާ

އޮންލައިން ޓްރާންސްފަރ: 452،954.83 ރުފިޔާ

ޢަރަބިއްޔާ ސްކޫލްގެ ޕީޓީއޭ: 32،613.00 ރުފިޔާ

މާލޭ ރާޅުގަނޑާއި ހުޅުމާލޭ ރުއްގަނޑު 3 ގައި ބެހެއްޓި 2 ފޮށިން އަދި އެހެނިހެން ޞަދަޤާތުގެ ގޮތުގައި: 36،283.90 ރުފިޔާ .

ތ.މަޑިފުށީ ރައްޔިތުން: 26،500.00 ރުފިޔާ

ކ.ގުރައިދޫ ރައްޔިތުން: 11،000.00 ރުފިޔާ

ބޭރު ފައިސާ (ޑޮލަރ: 1516.00ގެ އިތުރަށް އެހެނިހެން ބޭރު ފައިސާ): 25،376.72 ރުފިޔާ

އެގޮތުން ޖުމްލަ ލިބުނު ފައިސާގެ ޢަދަދަކީ 1،237،287.41 ރުފިޔާއެވެ. ކުރިން 1.1 މިލިއަން ރުފިޔާ ކަމަށް އިޢުލާނު ކުރެވިފައިވަނީ، ހުކުރު ދުވަހު އޮންލައިން ޓްރާންސްފަރގެ ގޮތުގައި ލިބުނުކަމަށް އެހިސާބަށް ފެންނަން ހުރި ޢަދަދުގެ މައްޗަށް ބަލައިގެން ކަމަށް މިކަން އިންތިޒާމު ކޮސް ހިންގާ ފަރާތުން ވިދާޅުވެފައިވެއެވެ.

އޭރު ބޭންކުން ކްލިއަރ ނުވާ ބައެއް ޓްރާންސެކްޝަންތައް ހުރުމުން ހުކުރު ދުވަހު ލިބުނު ހުރިހާ ފައިސާއެއް ހިމެނިފައި ނުވަނީ ކަމަށާއި އެހެންނަމަވެސް ފަހުން ބެލިއިރު ހުކުރު ދުވަހުގެ 23:59 އަކާއި ހިސާބަށް އޮންލައިން ޓްރާންސްފަރއިން ލިބިފައިވާ ފައިސާގެ ޢަދަދު އިތުރުވެފައިވުމުން، ޖުމްލަ ލިބުނު ޢަދަދުވެސް އިތުރުވެފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވެފައިވެއެވެ.

މިޙަރަކާތުގައި އިސްކޮށް ޙަރަކާތްތެރިވި ބޭފުޅުން ވިދާޅުވިގޮތުން، އެހާ ކުޑައިރުކޮޅެއްގެ ތެރޭގައި މިހާ ބޮޑު ކާމިޔާބީއެއް ލިބުމުގެ ޙަޤީޤީ ސަބަބަކީ الله ގެ ރަޙްމަތާއި ތައުފީޤަށްފަހު ދިވެހިރާއްޖޭގެ މުސްލިމް އަޚުންނާއި އުޚްތުން ކުރެއްވި ދީލަތި ޞަދަޤާތް ކަމަށެވެ. އަދި ހަމައެހެންމެ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝްއާއި އެނޫންވެސް ބައެއް ޤައުމުތަކުގެ މުސްލިމުންވެސް މިފަންޑަށް ވަރަށް ބޮޑު ތަރުޙީބެއް ދެއްވިކަމަށް  އެބޭފުޅުން ވިދާޅުވިއެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ބައެއް ބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި ފޮށިތައް ގުނަމުން ދިޔަ އިރު ބައެއް ފޮށިތަކުގައި ފައްސަތޭކައިގެ ނޫޓުން -/10000 އަދި -/15000 ހަމަވާ ވަރަށް އެއް ބޮނޑިއަކަށް ވެސް ފައިސާ ހުރިކަން ވަނީ ފާހަގަވެފައެވެ. މީގެ އިތުރުން ބައެއް މަންމައިން އެކަނބަލުންގެ ދަރިން ގޮވައިގެން މިސްކިތް ކައިރިއަށް އައިސް އެކުދިން ލައްވާ ފަންޑުފޮށިތަކަށް ލާރި ހަދިޔާ ކުރިކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި މިކަންކަމުން ދޭހަވަނީ ދިވެހިންގެ ދީލަތިކަމާއި އޯގާތެރިކަން ކަމަށާއި، ދިވެހިންނަކީ އަބަދުވެސް އުއްމަތަށް މިހެން ދިމާވާ ހިތާމަވެރި ޙާލަތްތަކުގައި އެހީވުމުގެ ނަމޫނާ ދައްކާ ބައެއް ކަމުގައިވެސް ވަނީ ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.