އާޒިމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
25 Feb 2023 | 21:44
އާޒިމްގެ އިންޒާރެއް: ނަޝީދު ވަކިކުރަން އުޅެފި ނަމަ, ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނަން!

މަޖިލީހުގެ ރައީސްކަމުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މަސައްކަތް ކުރާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން މަޖިލީހަށް ހުށައަޅުއްވާނެކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންޒާރު ދެއްވައިފި އެވެ.

އެމްޑީޕީއެ އެތެރޭގެ އިންތިޚާބުގައި އުފެދުނު ކޯޅުންތަކުގައި ޕާޓީ ބައިވެ ދެ ފެކްޝަނަށް ބެހިފައިވާއިރު، ދެ ބައިމީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ދުވަހެއް ދުވަހަށް ދަނީ އިތުރުވަމުން ނެވެ. 

ދެ ފެކްޝަނުންގެ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު، އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ މަޖިލީސް ރައީސްގެ މަގާމުން ނަޝީދު ވަކިކުރާ ވާހަކައެކެވެ. 

އެގޮތުން ނަޝީދު ވަކިކުރުމަށް ބޭނުންވާ ގާނޫނީ އަދަދަށް މެމްބަރުންގެ ތާއީދު ލިބިފައިވާކަމަށް އެމްޑީޕީގައި ތިއްބަވާ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަނެއްކާވެސް އެ ބަހުސް ހޫނުވެފައިވާ މި ފަނޑިވަޅުގައި އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަސައްކަތް ހުއްޓާ ނުލާނަމަ ރައީސް ޞާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން މަޖިލީހަށް ހުށައަޅާނެކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ. 

އާޒިމްގެ ޓްވީޓުގައި ވަނީ މަޖިލީސް ރައީސްކަމުން ނަޝީދު ވަކިކުރުމަށް މަޖިލީހުގައި އެމްޑީޕީގައި ތިބި ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަސައްކަތް ކުރާކަަށް އިޝާރާތް ކުރައްވާފަ އެވެ. އަދި އެކަން ހުއްޓާނުލައިފި ނަމަ ރައީސް ޞާލިހުގެ މައްސަލަވެސް މަޖިލީހަށް ވައްދާނެކަމަށް ވިދާޅުވެފަ އެވެ. 

"މަޖިލީހުގެ ރައީސް ވަކިކުރަން ވޯޓު ހަމަކުރަން މަސައްކަތް ފަށައިފިނަމަ ރައީސް ޞާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން"

މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

މިދިޔަ ހަފްތާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި، ރައީސް ޞާލިހަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވަނީ ނަޝީދު މިހާރު މަޖިލީހުގައި ކަންކަން ކުރައްވާގޮތާއި ގުޅިގެން ވަރަށް ބޮޑެތި ނުރުހުން ފާޅުކޮށްފަ އެވެ. 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް އާއި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު ވަނީ ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ ރިޔާސަތުގައި އިންނަވާ ސަރުކާރަށް ޖެއްސުން ކުރެއްވުމަށްކަމަށް ވިދާޅުވެފައެވެ. 

އިދިކޮޅުން ހުށައަޅާ ކުއްލި މައްސަލަތައް އެޖެންޑާކުރަނީވެސް މެމްބަރުން ލައްވާ ސަރުކާރަށް އެއްޗެހި ކިޔުމަށްކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ. 

އެމްޑީޕީގެ ދެ ފެކްޝަނުގެ ދެމުގައި އޮތް ނުތަނަވަސްކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ވަރަށް ސާފުކޮށް ފެނިގެންދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.