ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް
ހަބަރު
25 Feb 2023 | 21:53
މި ޝަޢުބާން މަސް ވާނީ 30 މަހަކަށް: މައުމޫން

މި ހިނގާ ޝަޢުބާން މަސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ވިދާޅުވީ ހިނގަމުން މިދާ ޝަޢުބާން މަސް ވާނީ ތިރީސް ދުވަހުގެ މަހަކަށް ކަމަށެވެ. ކަމާއިބެހޭ ހިސާބު ޢިލްމުވެރިން ކަށަވަރު ކޮށްދޭ ގޮތުގައި، މި ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސޭ ކަމަށެވެ. އަދި އެއީ ހަމައެކަނި ރާއްޖެއަކަށް ނޫން ކަމަށާއި ގާތްގަނޑަކަށް ދުނިޔޭގެ ހަމަ ހުރިހާ ހިސާބަކަށްވެސް އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށެވެ.

"ހުރިހާ އިސްލާމީ ޤައުމަކަށާއި، އަޅުގަނޑުމެންގެ ވަށައިގެންވާ އޭޝިޔާ އަދި އެފްރިކާގެ ހުރިހާ ޤައުމަކަށްވެސް އެދުވަހުގެ އިރު ނޯއްސި ހުއްޓާ ހަނދު އޮއްސޭ" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

މިކަން ތަފްސީލް ކޮށްދެއްވަމުން މައުމޫން ވިދާޅުވެފައިވަނީ މިސާލަކަށް، ރާއްޖެއަށް އެދުވަހު އިރުއޮއްސުމުގެ 9 މިނެޓު ކުރިން، ސަޢޫދީ އަރަބިއްޔާގެ މައްކާއަށް ވެސް 9 މިނެޓު ކުރިން، މިޞްރަށް 10 މިނެޓު ކުރިން، އިންޑޮނީޝިޔާގެ ޖަކާޓާއަށް 11 މިނެޓު ކުރިން، ތުރުކިޔާގެ އިސްތަންބޫލަށް 14 މިނެޓު ކުރިން، މޮރޮކޯގެ ރަބާޠަށް 4 މިނެޓު ކުރިން، ހަނދު އޮއްސޭ ކަމަށް ވިދާޅުވެފައިވެއެވެ. .

"އަޅުގަނޑު ބެލި ބެލުމުން އެނގުނު ގޮތުގައި އެދުވަހު އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސެނީ ހަމައެކަނި ދެކުނު އެފްރިކާގެ ކޭޕް ޓައުން ސަރަޙައްދަށާއި، އާޖެންޓީނާގެ ބުއެނޮސް އެއާރީޒްގެ ސަރަޙައްދަށް" ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވިއެވެ.

އެހެންކަމުން، ވިދިގެން އަންނަ މާރިޗު މަހުގެ 22 ވާ ބުދަ ދުވަހަކީ، ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ވާނީ ހަމަ އެކަނި އެ ދެ ސަރަޙައްދަށް ކަމަށާއި، އެހެން ހުރިހާ ސަރަޙައްދަކަށް އެދުވަސް ވާނީ ޝަޢުބާން މަހުގެ 30 ވަނަ ދުވަހަށް ކަމަށާއި އަދި ރަމަޟާން މަހުގެ 1 ވާނީ މާރިޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހަށް ކަމަށް މައުމޫން ވިދާޅުވިއެވެ..

މިވާހަކަ ތަކަކީ ފަލަކީ ހިސާބުން ދައްކާ ގޮތް ކަމުގައި ކަމާބެހޭ މާހިރުން ބުނާ ގޮތް ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.