ތުރްކިޔޭއަށް މިއަދު އައި ބިންހެލުން އައި ސަރަހައްދު
ހަބަރު
25 Feb 2023 | 21:58
ތުރްކިޔޭ އަށް އަނެއްކާވެސް ބިންހެލުމެއް އަތުވެއްޖެ

ތުރްކިޔޭ އަށް 5.3 މެގްނެޓިޔުޓްގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ޖީއެމްޓީ ގަޑިން 10:27 ގައި ތުރްކިޔޭގެ ބޮރް ޑިސްޓްރިކް އަށެވެ. ތުރްކިޔޭގެ ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެފައިވަނީ މިއަދު އައި ބިންހެލުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ތުރްކިޔޭގެ ނައިބް ރައީސް ފުއާތް އޮކްޓޭ ވިދާޅުވީ ރެސްކިޔު ޓީމުން އޮތީ އެމަރޖެންސީ ހާލަތަކަށް އޮތީ ތައްޔާރަށް ކަމަށެވެ.

"އަދި އެއްވެސް ނެގެޓިވް ސިޓުއޭޝަނެއް ނެތް، ﷲ އަޅަމެން އެންމެނާއި އަޅަމެންގެ ޤައުމު އެންމެހާ މުސީބާތް ތަކުން ސަލާމަތް ކުރައްވާށި" ޓްވިޓާގައި ފުއާތް ވިދާޅުވެފައިވެއެވެ.

ބޮރް ޑިސްޓްރިކްޓް އޮންނަނީ ސީރިޔާ އާއި ތުރްކިޔޭގެ ބޯޑަރު ކައިރީގައެވެ. އަދި އެއީ މީގެ ދެހަފްތާ އެއްހާ ދުވަސް ކުރިން އައި ބާރުގަދަ ބިންހެލުންތައް އައި ސަރަހައްދުގެ ކައިރިއެވެ.

އެ ބިންހެލުން ތަކުގައި ތުރުކިޔޭ އިން 44،000 ހާ މީހުން ވަނީ ނިޔާވެފައެވެ. މިބިންހެލުން ތަކުގައި ތުރްކިޔޭގެ 11 ޕްރޮވިންސަކަށް ވަނީ ބިންހެލުމުގެ އަސަރު ކޮށްފައިވެއެވެ.

ބިންހެލުންތަކުގެ ފަހުން 9،000 އެއްހާ "އާފްޓަރޝޮކް" އައިކަމަށް ކަމާއިބެހޭ  ފަރާތްތަކުން ވަނީ ބުނެފައެވެ. މި ކާރިސާ ތަކާއި ގުޅިގެން ތުރްކިޔޭ އިން 173،000 އިމާރާތް ވަނީ ބޭނުން ނުކުރެވެ ވަރަށް ހަލާކުވެފައެވެ. އެއްބައި އިމާރާތްތަށް ވެއްޓި ބިމާއި ހަމަވެފައި ވާއިރު އަނެއް ބައި އިމާރަތްތައް ވަނީ ބިންހެލުމުގެ ސަބަބުން ރެނދުލައި ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.