ފައްޔާޒު އިސްމާއިލް ފްރެސް ކޮންފަރެންސްއެއްގެ ތެރެއިން/
ހަބަރު
25 Feb 2023 | 23:16
ފައްޔާޒުގެ ރައްދު: ދުވަސްވެފައި ހުއްޓަސް ވިސްނުން ކޮށީ ނޫނީ ނަފްރަތު ބޮޑީ!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކާމިޔާބު ކުރެވިދާނެކަމާމެދު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ސުވާލު އުފެއްދެވުމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހޫނު ރައްދެއް ދެއްވައިފި އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ކޯލިޝަން ހަދަމުން ދާތީ އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އިބުރާ ވިދާޅުވީ ކޯލިޝަނަކާއި ނުލާ ފުރަތަމަ ބުރުވެސް ކާމިޔާބު ނުކުރެވޭނެކަމަށް ޕާޓީގެ އެންމެ އިސް ލީޑަރު ވިދާޅުވަމުންދާ ކަމަށެވެ. އެހެންކަމުން، ދެވަނަ ބުރު ކާމިޔާބު ކުރެވިދާނެ ކަމާމެދު ސުވާލު އުފެދޭކަމަށް އިބުރާ ވިދާޅުވި އެވެ. 

"ފުރަތަމަ ބުރެއް ނޫން. ދެވަނަ ބުރުންވެސް ނުވާނެކަމަށް ޕާޓީގެ އިސް ލީޑަރ އެ ވިދާޅުވީ. އެހެންކަމަށް ވާނަމަ ދެވަނަ ބުރުން ކާމިޔާބު ކުރެވޭވަރުގެ އެހެން ޕާޓީއެއް އޮތީ ނޫން ތޯ؟"

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ)

އިބުރާގެ އެ ސުވާލަށް ރައްދުދެއްވަމުން އިބުރާއަށްނިސްބަތް ކުރައްވާ ފައްޔާޒު ވިދާޅުވީ އުމުރުން ދުވަސްވެފައި ތިއްބެވި ނަމަވެސް (އިބުރާގެ) ވިސްނުންފުޅު ހަމަ ކޮށީ ކަމަށެވެ. އެހެން ނޫނީ ރައީސް ޞާލިހުއާއި ދޭތެރޭގައި އިބުރާގެ ހިތުގައި އޮތް ނަފްރަތު ބޮޑީކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ފުރަތަމަ ބުރަށް ކޯލިޝަން ހަދަމުންދާތީ އަމާޒުވި ފާޑުކިޔުންތަކަށް ފައްޔާޒު ރައްދުދެއްވާފައިވާއިރު، އޭނާ އަކީ ރައީސް ޞާލިހުގެ އެންމެ އަރިސް ވަޒީރެވެ. 

ރައީސް ޞާލިހަށް ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ކުރިން ޕާޓީގެ ކައުންސިލުން ވަނީ އެހެން ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް ޞާލިހަށް ދެއްވާފަ އެވެ.

އެގޮތުން މިހާތަނަށް އަދާލަތާއި އެމްޑީއޭއިން ވަނީ ރައީށް ޞާލިހައެކު ކޯލިޝަން ހަދަން ނިންމާފަ އެވެ. ޖުމްހޫރީ ޕާޓީގެ ނިންމުމަށް އެންމެންވެސް އިންތިޒާރު ކުރަމުންދާއިރު، ފެންނަ މަންޒަރުތަކަށް ބަލާއިރު ފުރަތަަމަ ބުރުގައި ޖޭޕީން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަކީ ދުރުގައިވާ ކަމެއްކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ފަރާތްތައް ދަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
އަލީ ރަޝީދު
ބޭބެއަކީ ލިބަރަލް އަދި ސެކިޔުލަރ މީހެކެވެ. ވީމާ އަދާލަތާއި ކޯލިސަން ހެދުމުން އެއުޅެނީ ހަޖަމް ނުކުރެވިގެންނެވެ. އަދި ހަސަދަބައިވެސް އޮންނާނެއެވެ. އެހެނީ އެމީހުން ދެކޭ ގޮތުގައި އެމްޑީޕީ އަކީ އަދިވެސް މިމީހުންގެ އެއްޗެކެވެ.
26 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.