ޕްރިޒަން އޮފިސަރުންތަކެއް ޑިއުޓީގައި/ ފޮޓޯ: ކަރެކްޝަން
ހަބަރު
26 Feb 2023 | 06:16
މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތުގައި!

މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ. 

ސަރެކްޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެކި މައްސަލަތަކުގައި 53 ޖަލަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 43 މީހުންނަށް ވަނީ ހުކުންކޮށްފަ އެވެ. އަދި 19 މީހެއްގެ ޝަރީއަތް ކުރިއަށް ދާކަން ހާމަކޮށްފައި ވެއެވެ. 

ކަރެކްޝަނުގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މަސްތުވާތަކެތީގެ މައްސަލަތަކުގައި 55.8 އިންސައްތަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އެންމެ ގިނައިން މީހުން ހައްޔަރު ކުރި މައްސަލަތަކެވެ. 

ދެވަނައަށް އެންމެ ގިނައިން މީހުން ޖަލަށް ލާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ. އަދި ތިންވަނައަށް އެންމެ ގިނަ މީހުން ޖަލަށްލާފައި ވަނީ ހުއްދަ ނެތި ތަންތަނަށް ވަނުމުގެ މައްސަލަތަކުގަ އެވެ. 

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަތަކުގައި ޖަލަށްލީ މީހުންގެ އަދަދަކީ %4.7އެވެ. މާރާމާރީގެ މައްސަލަތަކުގައި ޖަލަށްލީ މީހުންގެ އަދަދަކީ %4.7 އެވެ. އަދި ވައްކަން ކުރިކަމުގެ ތުހުމަތުގައި %7 މީހުންވެސް އަލަށް ޖަލަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެއެވެ.

ކަރެކްޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 59 މީހެއް ވަނީ ޖަލުން ދޫކޮށްލާފަ އެވެ. އެއީ ޖަލު ހުކުން ތަންފީޒުކުރުމަށްފަހު ދޫކޮށްލި 24 މީހުންނާއި، ޝަރުތު ކުރުމަށްފަހު ދޫކޮށްލި 16 މީހުންނެވެ. 

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން އިތުރުވެފައިވާއިރު، ނުރައްކާތެރި މިންވަރަކަށް މަސްތުވާތަކެތި ރާއްޖޭގައި އާންމުވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. 

އެގޮތުން ފުރަމާލޭގައިވެސް ޑްރަގުގެ އުނގުވިޔަރާފި މަގުމަތީގައި ކުރާ މަންޒަރުތަކާއި، މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތައް ވަނީ އާންމުވެފަ އެވެ. 

މަސްތުވާތަކެތި އާންމުވަމުންދާ މައްސަލައާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް ވަނީ އަމާޒުވެގެން ގޮސްފައެވެ. އެގޮތުން ސަރުކާރު ހިންގާ މައި ޕާޓީގެ އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅުންވެސް ދަނީ މަސްތުވާތަކެތި އާންމުވަމުންދާ މައްސަލައިގައި ސަރުކާރަށް ތުހުމަތުގެ އިނގިލި އަމާޒުކުރަމުން ނެވެ.

އަދި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވޅުތަކެއް އަޅަމުން ނުދާކަމަށް އެ ފަރާތްތައް ގެންދަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.