އަބްދުﷲ ޒުހައިރް/ 21 އަަހަރު ކުރިން މަރާލި އަޒްލީނާ ނަފީސްގެ ޤާތިލް
ހަބަރު
26 Feb 2023 | 14:10
އަޒްލީނާގެ ޤާތިލް މަރުވެފައިއޮއްވައި ފެނިއްޖެ

މީގެ 21 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ ގާތިލް އަބްދުالله ޒުހައިރް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނުނީ އޭނާ މިހާރު ދިރިއުޅޭ ކ ދިއްފުށީ އަތިރިމަތީ ޖޯއްޔެއްގައެވެ.

މި ކަމާ ބެހޭގޮތުން ކަމާއި ބެހޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ދިއްފުށީ އުތުރު ފަރާތު ބީޗްގައި ހުރި ޖޯއްޔެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް މިއަދު 12:20 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހެލްތު ސެންޓަރަށް އޭނާ ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރި އަޒްލީނާ އަނިޔާވެރިކަމާ އެކު އޮފީހުގެ ފާހާނާ ތެރޭގައި މަރާލާފައި އޮއްވައި ފެނުނީ އޭޕްރީލް 5، 2001 ގަ އެވެ. މި މައްސަލާގައި ކުށް ސާބިތުވެ ޒުހައިރު އުމުރަށް ޖަލަށް ލާން ހުކުމްކުރީ 2002 ވަނަ އަހަރު އެވެ. ނަމަވެސް 11 އަހަރު ފަހުން، 2013 ވަނަ އަހަރު ވަނީ މިނިވަންކޮށްފަ އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން އަންނަނީ ދިއްފުށީގައެވެ. އަދި އޭނާ ވަނީ އެރަށު މީހަކާއި ކައިވެނިވެސް ކޮށްފައެވެ. މިހާރު އޭނާގެ އުމުރަކީ 48 އަހަރެވެ.

މީހުން މެރުން ފަދަ އަނިޔާވެރި ޢަމަލުތައް ރަޢްޖޭގައި މަދު ދުވަސްވަރެއްގައި ހިނގި މިހާދިސާއަކީ މުޅި ރާއްޖެ ސިއްސުވައިލި ހާދިސާއެކެވެ. އަޒްލީނާ މަރާލުމުގައި ޒުހައިރު އާއި ބައިވެރިވި އިތުރު ދެމީހަކުވެސް ހުކުމް ކޮށް ޖަލަށްލައިފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.