ގދ ތިނަދޫ މަނާރު/ މުހައްމަދު ނިޒާމް އަދި ބަންދްލަދޭޝަގެ މުހައްމަދު ލިޓަން
ހަބަރު
26 Feb 2023 | 15:45
ލިޓަންގެ މަރުގެ މައްސަލައިގައި ނިޒާމްގެ މައްޗަށް 3 ހުކުމެއް

މިދިޔަ ޑިސެމްބަރ މަހު ވީނުވީ އެއް ނޭނގި ގެއްލުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދް ލިޓަންގެ ގެ މައްސަލައިގައި އޭނާ އާއި އެކު ގެއްލުނު ކަމަށް ބަލައި ހޯދި ގދ ތިނަދޫ މަނާރް، މުހައްމަދް ނިޒާމް ގެ މައްޗަށް ތިން ދައުވާ އެއް އުފުލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސިކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ މިއަދު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ޕީޖީ ޝަމީމް ވިދާޅުވީ ނިޒާމުގެ މައްޗަށް ގަސްތުގައި މީހަކު މެރުމާއި، ވައްކަމާއި، މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. 

މިގޮތުން ނިޒާމު ދައްކާފައި ހުރި ވާހަކަތަކުގެ އިތުރުން އެހެން ހެކިތަކުން ވެސް ޤަބޫލު ކުރެވެނީ އޭނާގެ ޢަމަލަކުން ލިޓަން މަރުވިކަމަށެވެ. އަދި މީގެ އިތުރުން މިމައްސަލައާއި ގުޅުންހުރި ތެޔޮ ބޯޓުގައި ހުރި ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތު ނިޒާމުގެ މައްޗަށް ކުރެވޭ ކަމަށާއި އެކަމަށް ބާރު ލިބިދޭ ހެކިވެސް ލިބިފައިވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން ނިޒާމު ހައްޔަރުކުރި އިރު، ނިޒާމުގެ އަތުގައި މަސްތުވާތަކެތި ހުރި ކަން ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކޯޓުގައި ސާބިތުކޮށްދޭނަން އޭނާ އެކުރި ކަމަކީ މީހަކު މަރުވެދާނެ ކަމެއްކަން, އަދި އެއީ އެހެން ނަތީޖާއެއް ނުނިކުންނަކަމެއްކަން." ޝަމީމް ވިދާޅުވިއެވެ.

ލިޓަން އާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެމީހުން ހޯދަމުންދަނިކޮށް ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފައެވެ. އަދި ގެއްލުނުކަމަށް ބުނާ ނިޒާމް މާލެއިން ފެނިގެން ފުލުހުން އޭނާ ހައްޔަރުކުރީ ޖެނުއަރީމަހުގެ 3 ވަނަ ދުވަހުއެވެ. އެނާ ހައްޔަރުކުރީ މާލެގެ ގެސްޓް ހައުސްއަކުންނެވެ. 

ނިޒާމް ފެނުމުގެ އެއް ދުވަސް ކުރިން ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑެއް ވ. އަތޮޅު ކަނޑުމަތިން ވަނީ ފެނިފައެވެ. ނަމަވެސް އެ ހަށިގަނޑުގެ ޑީއެންއޭ ޓެސްޓު ހެދުމަށް ފަހު ފުލުހުން ވިދާޅުވެފައިވަނީ އެއީ ލިޓަންގެ ހަށިގަނޑު ނޫން ކަަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.