ޕްރޮސިކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް
ހަބަރު
26 Feb 2023 | 16:00
ފަލާހާއި ބައްދަލުކުރިޔަސް ނުފޫޒު ނުފޯރުވޭނެ: ޝަމީމް

ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަހްމަދު ފަލާހާއި ބައްދަލު ކުރެއްވި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ނުފޫޒު ނުފޯރުވެވޭނެ ކަމަށް ޕްރޮސިކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު މެމްބަރު ފަލާހާއި ބައްދަލުކުރެއްވިންތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ މީހުންނާއި ބައްދަލު ކުރަން އޮންނަ އުސޫލުގެ ދަށުން މެމްބަރު ފަލާހާއި ބައްދަލު ކުރެއްވެވި ކަމަށެވެ.

"އެހެން ބޭފުޅުންނާވެސް ބައްދަލުކުރަން. ބައްދަލުކުރަން ބޭފުޅަކު ރިކުއެސްޓު ކުރީމަ އެކަންކުރާ ވަކި އުސޫލެއް އޮވޭ" ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ މީހަކު ޕީޖީ އާއި ބައްދަލުކުރަން ބޭނުން ވާނަމަ އެކަމަށް އެދި ހުށައަޅަންޖެހޭ ފޯމެއް އޮންނަ ކަމަށާއި، އެފޯމު ފުރައި ހުށަހެޅުމުން އެމީހަކާއި ބައްދަލުކުރައްވާ ކަމަށެވެ. އަދި އެބައްދަލު ވުމެއްގައި ދެކެވޭ ވާހަކަތައް އެފޯމުގައި ލިޔެވިފައި ހުންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމްއާއި މިގޮތަށް ސުވާލު މިކުރެވުނީ މެމްބަރު ފަލާހުގެ ދަރިފުޅު މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށް ކޯޓަށް ހާޒިރު ނުކޮށް ފަލާހުގެ ދަރިފުޅު ދޫކޮށްލައިފައި ވާ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމާއި މި ސުވާލު ކުރިމަތި ކުރެވުމުން ޝަމީމް އިތުރަށް ވިދާޅުވީ މީހަކާއި ބައްދަލުކުރި ނަމަވެސް އޭނާއަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި، ދައުވާ ކުރަން ނިންމިއަސް، އަދި ނުކުރަން ނިންމިއަސް އެކަން ލިޔުމުން ފެންނަން އޮންނާނެ ކަމަށެވެ.

ކޮމެންޓް
މުނީރު މުޙައްމަދު
މީހަމަ އިސްތައްޓެއް
27 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.