ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ
ހަބަރު
27 Feb 2023 | 06:45
އައިޔޫއެމް އިން "ފާޅުވަމުންދާ ޤިޔާމަތުގެ ޢަލާމާތްތައް" ނަމުގައި ފޯރަމެއް ބާއްވަނީ

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން "ފާޅުވަމުންދާ ޤިޔާމަތުގެ ޢަލާމާތްތައް" މި ނަމުގައި ފޯރަމް އެއް ބާއްވަން ހަމަޖައްސައިފިއެވެ.

މި ފޯރަމް އަކީ އައިޔޫއެމްގެ ފެކަލްޓީ އޮފް ޤުރްއާން އެންޑް ސުންނާ އިން އިންތިޒާމް ކޮށްގެން ބާއްވާ ޢިލްމީ ފޯރަމެކެވެ. މި ފޯރަމް އޮންނާނީ މާރޗް 1 ވާ ބުދަދުވަހުގެ ރޭ 20:30 ގައި އައިޔޫއެމްގެ ހޯލްގައެވެ. މި ފޯރަމް ވަނީ ޢާންމުނަށް ހުޅުވާލައިފައެވެ.

މި ފޯރަމްގައި ބައިވެރިވެ ވަޑައިގެން މަޢުލޫމާތު ދެއްވާނީ އައްޝައިޙް މުޙައްމަދު ނަޝީދު އާދަމް، އައްޝައިޙް އަހްމަދު ސަމީރު، އައްޝައިޙް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް އަދި އަލްއުސްތާޒް އާދަމް ނަސީރު ހުސެއިންނެވެ. ފޯރަމް ހުށައަޅައި ދެއްވާނީ ރާއްޖޭގެ  މަޝްހޫރު ދީނީ ޢިލްމު ވެރިޔާ އައްޝައިޙް އަބްދުލްޢަޒީޒް ހުސެއިންނެވެ.

ފޯރަމްގައި މައުލޫމާތު ދެއްވާ އައްޝައިޙް މުޙައްމަދު ނަޝީދަކީ  މިޞްރުގެ ޖާމިޢަތުލް އަޒްހަރުންނާއި މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީ އިން ދީނީ ޢިލްމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އައްޝައިޙް އަހްމަދު ސަމީރަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީ އާއި ރާއްޖޭގެ ނޭޝަނަލް ޔުނިވަރސިޓީ އިން ދީނީ ޢިލްމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި ޝެއިޙް އަކީ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައި އުގަނައިދެއްވާ ލެކްޗަރަރ އެކެވެ.

ޝެއިޙް ޢަބްދުﷲ ބިން މުޙައްމަދް އިބްރާހިމް އަކީ ވެސް މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ދީނީ ޢިލްމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރަރ އެއްވެސް މެއެވެ.

އުސްތާޒް އާދަމް ނަސީރު ހުސެއިނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.