ތ ބުރުނި
ހަބަރު
26 Feb 2023 | 23:00
ބުރުނީގައި ރުކެއް ދަށުވެ އެކަކު ނިޔާވެ 3 މީހަކަށް އަނިޔާވެއްޖެ

ތ ބުރުނީގައި މިއަދު ހަވީރު ރުކެއް ދަށުވެ އެކަކު ނިޔާވެ ތިން މީހަކަށް އަނިޔާވެއްޖެއެވެ. 

ފުލުހުން ވިދާޅުވީ ރުކެއް ދަށުވެގެން 4 މީހަކަށް އަނިޔާވެގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު 16:44 ހާއިރު ލިބިފައި ވާކަމަށެވެ. 

ފުލުހުން ވިދާޅުވީ މި ހާދިސާގައި އަނިޔާވި ހަތަރު މީހުން ބުރުނީ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެވުނު ކަމަށެވެ. އަދި އެއަށް ފަހު އިތުރު ފަރުވާ އަށް ދ ކުޑަހުވަދޫގައި ހުންނަ ދ އަތޮޅު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އަދި އަނިޔާވި 4 މީހުންގެ ތެރެއިން އެކަކު ނިޔާވެފައި ވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އަނެއް ތިން މީހުންނަށް ދަނީ ފަރުވާ ދެމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 

ފަރުވާދެމުންދާ މީހުންގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 

އަނިޔާލިބުނު 4 މީހުންގެ ތެރެއިން މަރުވި މީހާގެ ހަށިގަނޑާއި އަނެއް ތިން މީހުން އިތިރު ފަރުވާ އަށް މާލެ އަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. 

މި ކަމާއި ގުޅިގެން ބަލަން ޖެހޭ އިތުރު ބެލުންތައް ބަލަމުން ދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދާލުމަށް ބުރުނީ ކައުންސިލްގެ ރައީސް އާދަމް މުހައްމަދު އަށް 10:56 ހާއިރު ގުޅާލުމުން ވިދާޅުވީ މިވަގުތު އެމީހުން ފަރުވާ އަށް މާލެ އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނީ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.