ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله--
ހަބަރު
27 Feb 2023 | 10:43
ސަލަފާއި އަދާލަތާއި ދެމެދު އޮތީ ދީނީ މައްސަލައެއް ނަމަ ހައްލުކުރަން ބޭނުން: އިމްރާން

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ، ޖަމިއްޔަތުއް ސަލަފާއި، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި ދެމެދު އޮތީ ދީނީ މައްސަލައެއް ނަމަ އެކަން ހައްލުކުރަން ބޭނުންވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ މިސަރުކާރުގައި ދީނާއި ޚިލާފް އެތައް ކަމެއް އާއްމުވެ، އެކަންކަން ހުއްޓުވުމުގައި ސަރުކާރުގެ ކަމާއިބެހޭ އިދާރާތައް ނުކުޅެދިފައިވީ ނަމަވެސް ކުރިއަަށް އޮތް ދައުރުގައިވެސް ރައީސް ޞާލިހު ގެ ސަރުކާރެއް އޮތުމަށް އަދާލަތުން ވަނީ ތާއީދުކޮށް، އެމަނިކުފާނާއިއެކު ކޯލިޝަން ހަދާފައެވެ. 

އެކަމާއި ގުޅިގެން ޖަމިއްޔަތުއް ސަލަފުގެ ޢިލްމުވެރިންނާއި އެނޫންވެސް އެހެން އިލްމުވެރިން އަދާލަތަށް ފާޑު ވިދާޅުވަމުންދާ މި ދަނޑިވަޅުގައި އިމްރާން ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ސަލަފާއި އަދާލަތާއި ދެމެދު ހުރި ތަފާތު ތަކަކީ ދީނީ ކަމެއްތޯ ނުވަތަ ސިޔާސީ މައްސަލަ ތަކެއްތޯ ސުވާލުކުރައްވާފައެވެ. 

އަދި އެ ޕާޓީއާއި ސަލަފާއި ދެމެދު އޮތީ ދީނީ މައްސަލައެއް ނަމަ އެކަން ހައްލު ކުރަން އަދާލަތުން ވަރަށް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ސިޔާސީ ކަމެއް ނަމަ އެކަން އަންޑަރސްޓޭންޑް ވެއެވެ. ހަމަ ވަރަށް ނެޗުރަލް ކަމެއްތާއެވެ." އިމްރާން ވިދާޅުވިއެވެ. 

އަދާލަތު ޕާޓީއަކީ ދީން ކުރިއަރުވަން މަސައްކަތް ކުރާ ދީނީ ޕާޓީއެއް ކަމަށް އެ ޕާޓީން ބުނި ނަމަވެސް، އެއީ ސިޔާސީ މަންފާއަށާއި، ސަރުކާރުގެ މަގާމުތަކުގެ ދަހިވެތިކަމުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީއެއް ކަމަށް ގިނަ ރައްޔިތުން ދެކެއެވެ. އަދި އެކަމާއި ގުޅިގެން، ދީނަށް ލޯބިކުރާ ގިނަ މީހުންގެ ނުރުހުން ވަނީ އެޕާޓީއަށް އަމާޒުވެފައެވެ. 

ކޮމެންޓް
ބުލްބުލް
ކަލޭތީ ހިޔަޅުގެ 2 ވަނަ މިސާލު. ބޮޑެތި ނާޗަރަނގީތައް ސަރުކާރުން ބާއްވާއިރު އުފް ވެސް ބުނަން ނުކެރޭ ރަނޑު ބައިގަނޑެއްތީ.
27 Feb 2023
ފައިދު
ކަލޭދީނޭ ކިޔައިގެން ވާހަކަ ނުދައްކާ.ކަލެއާ ކައިރިވާން ހެޔޮނުވާނެ.ތީ ދެފުށް ކެހެރިޔެއް.މަގާމާއި ޖީބަށް ބޮޑުކުރަން އުޅޭމީހެއް.
27 Feb 2023
ނަންމަަ
އަދަަަަލަތަކީ ދީނޭ ކޔައިގެން ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ބައެއް އެކަން ވަރަށް ސާފު
27 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.