އިޓަލީ ކައިރިއަށް ފެތުނު ބޯޓުގައި ތިބި މީހުންގެ ތެރެއިން ސަލާމަތް ކުރެވުނު ބައެއްމީހުން
ހަބަރު
27 Feb 2023 | 14:49
ރެފިޔުޖީން ތަކެއް އުފުލި ބޯއްޓެއް ފެތި ގިނަބަޔަކު މަރުވެއްޖެ

އަފްޣާނިސްޠާނާއި ޕާކިސްޠާން އަދި އިރާނުން ތުރްކިޔޭ އަށް ހިޖުރަކުރި ރެފިޔުޖީން ތަކެއް ދަތުރު ކުރަމުންދިޔަ ބޯއްޓެއް އިޓަލީ ކައިރިން ދަތުރު ކުރަމުން ދަނިކޮށް ފެތި ގިނަ ބަޔަކު މަރުވެއްޖެއެވެ.

މި ބޯޓުން ދަތުރު ކުރަމުންދިޔާ މީހުންގެ ތެރެއިން 59 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 12 ކުޑަކުއްޖަކު ވެސް ހިމެނެއެވެ. މި ބޯޓު ފެތިފައިވަނީ އިޓަލީގެ ކޯސްޓަލް ސިޓީ ކައިރިއަށެވެ.

އަފްޣާނިސްޠާނާއި ޕާކިސްޠާން އަދި އިރާންގެ ރެފިޔުޖީން ދަތުރު ކުރަމުންދިޔަ މި ބޯޓު ފެތިފައިވަނީ އާދީއްތަ ދުވަހު އައި ވަރުގަދަ ތޫފާނުގައި ޖެހިގެން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މި ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން ސަލާމަތް ވެފައިވަނީ 81 މީހެއް ކަމަށާއި އޭގެ ތެރެއިން 20 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓަ ކޮށްގެން ފަރުވާ ދެމުން ދާކަމަށާއި އޭގެ ތެރެއިން އެކަކު އޮތީ އައިސީޔޫގައި ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ސަލާމަތް ކުރެވުނު މީހުންގެ ތެރެއިން ހިޖުރަކުރި މީހުން ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އިޓަލީގެ ކުޓްރޯގެ މޭޔަރ އަންތޯނިއޯ ކަރޯސޭ ބުނެފައިވަނީ މަރުވިމީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. އަދި ކުޑަކުދިން މަރުވިވަރު ޔަޤީންކުރެވިފައި ނުވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިތުރަށް އޭނާ ބުނެފައިވަނީ އެބޯޓު ފުރާފައިވަނީ ތުރްކިޔޭގެ އިޒްމިރުން މީގެ ތިނެއް ނުވަތަ ހަތަރު ދުވަސް ކުރިން ކަމަށެވެ. ސަލާމަތް ވި މީހުންގެ ތެރެއިން އެކަކު ބުނެފައިވަނީ އެ ބޯޓަށް 140 ނުވަތަ 150 މީހުން އެރިކަމަށެވެ.

ސަލާމަތްވި މީހުންގެ ތެރޭގައި ގިނައީ އަފްޣާނިސްޠާންގެ ރެފިޔުޖީން ކަމަށާއި މަދު މަދުން ޕާކިސްޠާނު މީހުން ނާއި ސޯމާލީއާގެ ދެމީހެއް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.