ބިންހެލުން އައި މަލަތްޔާ ޕްރޮވިންސް
ހަބަރު
27 Feb 2023 | 16:45
ތުރްކިޔޭ އަށް މިއަދު އައި ބިންހެލުމުގައި ޒަޚަމްވި މީހުންގެ އަދަދު 69 އަށް

ތުރްކިޔޭގެ މަލަތްޔާ ޕްރޮވިންސަށް 5.6 މެގްނެޓިޔުޓް ގެ ބާރު  މިނުގައި އައި ބިންހެލުމުގައި އެސަރަހައްދުން 69 މީހުން ޒަހަމްވެފައި ވާކާމަށް ތުރްކިޔޭގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރޓީގެ ހެޑް ޔޫނުސް ސެޒަރް ވިދާޅުވެއްޖެއެވެ.

ޔޫނުސް ވިދާޅުވީ މިއަދުގެ ހާދިސާގައި މަރުވެފައި ވާކަން އަދި ޔަޤީން ކުރެވިފައިވަނީ އެންމެ މީހެއް ކަމަށެވެ.

ތުރްކިޔޭގެ މީޑިއާ އެއް ކަމަށްވާ ޑެއިލީ ސޮބާޙް ގައި ބުނެފައިވަނީ ބައެއް އިމާރާތްތައް ފުނޑުފުނޑުވެ ބިމާއި ހަމަވެފައިވާ ކަމަށާއި، ރެސްކިޔު ޓީމްތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާކަމަށެވެ.

"މަލަތްޔާ ޕްރޮވިންސަށް އައި 5.6 މެގްނެޓިޔުޓްގެ ބިންހެލުމާއި އެކު އެސަރަހައްދުގެ ބައެއް އިމާރާތްތައް ވަނީ ވެއްޓިފައި، އަހަރެމެންގެ ސާރޗް އެންޑް ރެސްކިޔު ޓީމްތަކުން މިހާރު ވަނި މަސައްކަތް ފަށައިފައި" އޭއެފްޑީއޭ އިން ބުނެފައިވެއެވެ.

ބިންގަނޑު ހެލެން ފެށުމާއި އެކު އިމާރާތްތަކުން ނުކުތް އާންމު ރައްޔިތުންނަށް އޭއެފްޑީއޭ އިން އަންގައިފައިވަނީ އަރިއަޅައިލައި ފައި ހުރި އިމާރާތްތަކާއި ގެއްލުން ވެފައި ހުރި އިމާރާތް ތަކުގެ އެތެރެއަށް ނުވަނުމަށެވެ. މަލަތްޔާ ޕްރޮވިންސްގެ އިތުރުން ކަހްރަމަންމަރާސް، ގަޒިޔަންޓެޕް، އަދިޔްމަން އަދި ސަންލިރުފާ އަށް ވެސް މިއަދު އައި ބިންހެލުމުގެ އަސަރު ވަނީ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.