ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު--
ހަބަރު
27 Feb 2023 | 19:08
ވެންޓިލޭޓަރު މައްސަލައިގައި އޮޅުވާލި ދުބާއީގެ ކުންފުންޏާއި ދެކޮޅަށް މައްސަލަ ހުށައަޅައިފި

ކޮވިޑް 19 ގެ ތެރޭގައި ވެންޓިލޭޓަރަށް ބޭނުންވެ ދިވެހި ސަރުކާރުން އޯޑަރު ދިން ވެންޓިލޭޓަރތައް ނުލިބުނު މައްސަލައިގައި ދުބާއީގެ ކުންފުންޏަކާއި ދެކޮޅަށް މައްސަލަ ހުށައަޅައިފިއެވެ.

މިމައްސަލަ ހުށައަޅައިފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން އެކްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާއި ދެކޮޅަށް، މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށެވެ.

މިކަމާއި ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް 19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވަ ވެންޓިލޭޓަރު ފޯރުކޮށްދިނުމާއި ގުޅޭގޮތުން 2020 ވަނައަހަރުގެ އޭޕްރީލް 2 ގައި ރާއްޖޭގެ ހެލްތް މިނިސްޓްރީ އާއި ދުބާއީގެ އެކްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ ސޮއިކުރެވުނު އެއްބަސް ވުމާއި އެކުންފުނިން ޚިލާފު ވެފައިވާތީ އެމައްސަލަ 16 ފެބްރުއަރީ 2023 ވަނަ ދުވަހު މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން އަށް ހުށައެޅިފައިވާ ކަމަށެވެ.

އަދި ދިވެހި ސަރުކާރުގެ ފަރާތުން ހުށައެޅި މިމައްސަލަގައި އެކްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމާއި އެއްގޮތަށް އެފަރާތުން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި، ވެންޓިލޭޓަރުތައް ފޯރުކޮށްދީފައިނުވާތީ، އެއްބަސްވުމުގައި ކަނޑއަޅައިފައިވާ ގޮތުގެ މަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއިއެކު ޖުމްލަ 32،574،750 ދިވެހި ރުފިޔާއަށްވާ 2،112،500 ޔޫއެސް ޑޮލަރުގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ އަގު ހޯދުމަށް ވަނީ ހުށައަޅައިފައެވެ.

އިތުރަށް މި ބަޔާނުގައި ބުނެފައިވަނީ އާބިޓްރޭޝަނަށް ހުށައަޅާއިފައިވާ މިމައްސަލައިގެ ސިއްރުތައް ހިފެހެއްޓުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.